- އިސްތިހާރު -spot_img

މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް ހުޅުވަނީ

މާލެ ސިޓީ މޭޔަރުކަމަށް ވާދަކުރައްވާ މޭޖާ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލުގެ ކެމްޕެއިން އޮފީސް މާދަމާ ރޭ ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް 2024 ހާސިލްކޮށްފައިވާ ޖަލީލުވަނީ އެމަނިކުފާނުގެ ކެމްޕެއިން އޮފިސް ހުޅުވުމުގެ ހަލްފާއަށް ކޮންގްރެސް ޕާޓީގެ ހުރިހާ މެމްބަރުންނަށް ދައުވަތު އަރުވާފައެވެ.

އެގޮތުން މިހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 20:30 ގައި ދޮންމަނިކު ސްކައިވީއު ރެސްޓޯރަންޓުގެ ތިރި (ކާނިވާ ސަރަހައްދު) ގައެވެ.

މޫސާ ޖަލީލަކީ 3 ޖުލައި 1980 ވަނަ އަހަރު ލާންސްކޯޕްރަލް ރޭންކުގައި ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނި ބޭފުޅެކެވެ. އަދި ދިވެހި އަސްކަރިއްޔާގައި އިސް މަގާމުތަކެއް އަދާކުރައްވައިފައިވާ ޖަލީލަކީ 31 އަހަރަށް ވުރެ ގިނަ ދުވަހު ދިވެހި އަސްކަރިއްޔާއަށް ހިދުމަތްކޮށް ބޭފުޅެއްކަންވެސް ފާހަގަކުރެވެއެވެ.

އެގޮތުން އަސްކަރީ ޔުނިޓްގެ ކޮމާންޑަރުގެ މަގާމާއި ކޯސްޓްގާޑްގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމާއި އަސްކަރިއްޔާގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަދި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުވެސް އެމަނިކުފާނުވަނީ އަދާކުރައްވާފައެވެ.

ޖަލީލު ވަނީ އަސްކަރީ ދާއިރާއިން ރާއްޖެއިން ބޭރުން ތަފާތު ކޯސްތަކާއި ތަމްރީނުތައް ފުރިހަމަ ކުރައްވައިފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި