މާދަމާ ހުޅުމާލެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓް ވޯކުގައި ކަރަންޓުގެ ހިދުމަތް މެދުކަނޑާލާއިގެން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކާއި ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތު ކޮޅަކަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެ ގޮތުން މާދާމާ ހަވީރު 16:00 އިން ފެށިގެން 16:15 ދެމެދު ކަރަންޓު ކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ހުޅުމާލެ ނެއިބާހުޑް 3 ގެ ބައެއް ސަރަހައްދުތައް، ހުޅުމާލެ ފޭސް 2: އެމްޕީއެލް ހިޔާ، އާމާން އުދަރެސް 5 އަދި 6 އަދި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ހިމެނެއެވެ.
ފޭސް 2 ގައި އަލަށް އިމާރާތްކުރަމުންދާ އިމާރާތް ތަކުގައި ކަރަންޓުގެ ހިދުމަތް ރަނގަޅު ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ސްޓެލްކޯއިން އަބަދުވެސް ދަނީ ރައްޔިތުންނަށް އެއްވެސް ދަތިކަމެއް ދިމާނުވާނެހެން ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.





