- އިސްތިހާރު -spot_img

ޓެކްސީ ޑްރައިވަރުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމާއި ތާޒާ ކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ މީހުން އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމުގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި އެކްސިޑެންޓުތަކާއި މަގު މަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ  މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ މި މަހު 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި، ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ 172 ޑްރައިވަރުންނާއި މިހާރުވެސް ޓެކްސީގެ ހިދުމަތުގައި ހަރަކާތްތެރިވާ 75 ޑްރައިވަރުން ބައިވެރިވެފައިވާ ކަން ފާހަގަކުރެވެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި