- އިސްތިހާރު -spot_img

“ޓްރާންސްފޯމޭޝަނަލް ލީޑާޝިޕް އިން އެކްޝަން ޓްރޭނިން” ޕްރޮގްރާމެއް ހިންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަވިސް (އެމްސީއެސް) އިން އިންތިޒާމްކޮށްގެން“ޓްރާންސްފޯމޭޝަނަލް ލީޑާ ޝިޕް އިން އެކްޝަން ޓްރޭނިން” ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މި މަހު 20 ވަނަ ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށެވެ. އަދި މި ޓްރޭނިން ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ.

މިއީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން، ޓެޓްރާޓެކް އިންޓާނޭޝަނަލްއިން މެދުވެރިކޮށް އެމްސީއެސްގެ ހިންގުން ހަރުދަނާކޮށް، އޮފިސަރުންނާއި މުވައްޒަފުން ތަރައްގީ ކުރުމަށް މިއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޓްރޭނިން ތަކުގެ ތެރެއިން އެއް ޓްރޭނިން ޕްރޮގްރާމެއް ކަމަށް އެމްސީއެސް އިން ބުންޏެވެ.

މި ޓްރޭނިން ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ މި ސާވިސްގެ މިޑްލް މެނޭޖްމަންޓް އިން ފެށިގެން މަތީ ލެވެލް ތަކުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ލީޑާ ޝިޕް ހުނަރުތައް ތަރައްގީ ކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި، މި ސާވިސްގެ އިތުރުން ހޯމް ސެކްޓާގައި ހިމެނޭ ޔުނިފޯމް އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، ޝެއާޑް ލާނިންގެ ތެރެއިން އެ މުއައްސަސާތަކުން ފާހަގަ ކުރެވޭ ރަނގަޅު ކަންކަން ދެނެގަނެ ކުރިޔަށް އޮތް ތަނުގައި މެނޭޖްމަންޓް އަދި ލީޑާ ޝިޕްގެ ގޮތުން ގާބިލު ބަޔަކު ތަމްރީނުކުރުމެވެ.

އެމްސީއެސްއިން ބުނީ މި ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވެފައި ވަނީ އެމްސީއެސްގެ ހަ އޮފިސަރުންނާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ދެ އޮފިސަރަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ދެ އޮފިސަރަކާއި މޯލްޑިވްސް އިމިގްރޭޝަންގެ ދެ އޮފިސަރުންނެވެ.

މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ފަރާތުން މި ޓްރޭނިން ޕްރޮގްރާމް ކުރިއަށްގެސްދެއްވާފައި ވަނީ ޕްރިޒަން އެންޑް ޕްރޮބޭޝަން އެކްސްޕަރޓް މރ. ޓޯނީ ހެސެލްއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި