- އިސްތިހާރު -spot_img

ނައްތާލަން ބޭނުންވާ މުސްހަފުތަކާއި އާޔަތްތައް ލިޔެފައި ހުންނަ ފޮތްތައް ސިޓީ ކައުންސިލުން ބަލައި ގަންނަނީ

މާލެ ސިޓީގެ ގޭގޭ ގައި ހުރި، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ މުސްހަފް ތަކާއި ކީރިތި ގުރުއާނުގެ އާޔަތް ތަކާއި ކީރިތި ރަސޫލާގެ (صلى الله عليه وسلم)  ހަދީސްތައް ލިޔެފައި ހުންނަ ފޮތްތަކާއި ލިޔުންތައް، މާލެ ސިޓީ ކައުންސިލުން ބަލައި ގަންނަން ނިންމައިފިއެވެ.

އެ ކައުންސިލުން ބުނީ މި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން، މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ތަކެތި ބަލައިގަންނަނާނީ  ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 1:00 އިން ހަވީރު 5:00 އަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި ތަކެތި ބަލައިގަންނާނެ ތަންތަނުގެ ގޮތުގައި ހިމެނެނީ:

މާލެ: ސިނަމާލެ 3 ގެ ގޯތިތެރެ (ގަލޮޅު މަދުރަސާ ކުރިމަތިން ބުރުޒުމަގުން ސިނަމާލެ 3 ގެ ގޯތިތެރެއަށް ވަދެވޭ ގޭޓުން އެތެރެ )

ވިލިމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ވިލިމާލެ ސެކްޝަން

ހުޅުމާލެ: މާލޭ ސިޓީ ކައުންސިލް އިދާރާގެ ހުޅުމާލެ އޮފީސް

އެ ކައުންސިލުން ބުނީ އެ އިދާރާއިން ބަލައި ގަންނާނީ، މަތީގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތީން، ގޭގެއިން ގެންނަ، ނައްތާލަން ބޭނުންވާ، ބާވެ ނުވަތަ ހަލާކުވެފައިވާ ތަކެތި ކަމަށެވެ. އަދި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް، ނަންބަރު 7994565 ފޯނާ ގުޅުއްވުންމަށް އެ ކައުންސިލުން އެދިފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި