- އިސްތިހާރު -spot_img

ބޮޑުތަކުރުފާނު މަގު ހެދުން: 55 މީޓަރު ކީ ވޯލްގައި ކޮންކްރީޓް ޖަހައިފި

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމެންޓު ދޭއްގައި ހިމެނޭ ސަރަހައްދުގެ 55 މީޓަރު ކީ ވޯލްގައި ކޮންކްރީޓް ޖަހައިފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އެ މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ 55 މީޓަރު ކީ ވޯލްގައި ކޮންކްރީޓް ޖެހުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި ހިނގާ ސަރަހައްދުގެ ޕޭވިން މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ކަމަށްވާއިރު ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 830 މީޓަރުގެ މަގެއް ހެދުން ހިމެނެއެވެ.

މީގެ އިތުރުން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރެވެ އެވެ.

ހަމައެހެންމެ ތާރު އަޅުމާއި ސަބްބޭސް ތައްޔާރު ކުރުމުގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. އަދި ފެން ހިންދާ ނިޒާމެއްވެސް ގާއިމު ކުރެވިގެންދާނެއެވެ.

މިހާތަނަށް އައިއިރު، ފުރަތަމަ ސެގްމެންޓުގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލާފައިވާއިރު، ދެވަނަ ސެގްމެންޓުގައި ހިމެނެނީ ބާޒާރު މަތީ ސަރަހައްދެވެ. މިއީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި