- އިސްތިހާރު -spot_img

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ރޭގަނޑު: ވުޒާރާ

މި އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ބެހުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް ބަހާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާ އިން ބުނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް 1447 ވަނައަހަރުގެ ރަމަޟާން މަހަށް ގޭ ބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ މަސްދަޅު ކޭސް މާލޭ ސަރަހައްދުގައި ބެހުމަށް ހަމަޖެހިފައިވަނީ މިރޭ އިން ފެށިގެން 13 ފެބުރުވަރީ 2026 ގެ ނިޔަލަށް ކަމަށްވާއިރު މަސްދަޅު ކޭސް ދޫކުރާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު  8:30 އިން 11:00 އާއި ހަމައަށް ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ:

  • ހެންވޭރު ބޯޅަދަނޑު،
  • އެމްޓީސީސީ ސޯމިލު،
  • ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ތަނެއްގައި،
  • މިފްކޯ މަރުކަޒު
  • ސޯޝަލް ސެންޓަރު

ހުޅުމާލެ ފޭސް 1 ގައި މަސްދަޅު ބަހާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ:

  • އުމަރު ޒާހިރު ބިލްޑިންގް
  • ޕޮލްކޯޓަވަރު
  • މުހައްމަދު ގާސިމް ޕްރީސްކޫލް

ހުޅުމާލެ ފޭސް 2 ގައި މަސްދަޅު ކޭސް ދޫކުރުމަށް ނިންމާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ:

  • ކާމިލު ދީދީ ޕްރީ ސްކޫލް،
  • ހިޔާ ޓަވަރު 10
  • އެމްޕީއެލް ޓަވަރު

ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅުކޭސް ނެގުމުގައި އެއް އައިޑީކާޑު ބޭނުންކޮށްގެން ނެގެވޭނީ އެންމެ ގިނަވެގެން ދެ މަސްދަޅު ކޭސް ކަމަށާއި މަސްދަޅު ކޭސްތައް ގޭބިސީތަކަށް ދޫކުރުމުގައި ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

މިދިޔަ ރޯދަ މަހުވެސް ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް މަސްދަޅުކޭސް ބަހައި، ކަރަންޓު ބިލުން ޑިސްކައުންޓްވެސް ދީފައެވެ. އެ ގޮތުން 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައިވާއިރު، އެއީ މާލޭގެ ގޭބިސީތަކަށް 50،519 މަސްދަޅު ކޭހާއި އަތޮޅުތަކުގެ 60،712 ގޭބިސީއަކަށް ހަދިޔާކުރި މަސްދަޅުކޭސް ހިމެނެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި