އއ. ތޮއްޑޫ ހުޅަނގު އުތުރުން ފަސް މޭލު ބޭރުގައި ވަދު ކަނދުފަތި ގާއިމްކޮށްފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނީ މި ވަދު ކަނދުފަތީގެ ނަންބަރަކީ H08V01-01 ކަމަށެވެ. އަދި މި ވަދު ކަނދުފަތި އަޅާފައިވާ ސަރަހައްދަކީ: 04°29.500’N އާއި 55.000 72°’E ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މި ވަދު ކަނދުފަތި ގާއިމް ކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. އަދި މި ވަދު ކަނދުފަތި ގާއިމް ކުރުމާ ގުޅިގެން އެ ސަރަހައްދުގެ މަސްވެރިން، ހާއްސަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެ އެވެ.
މީގެ އިތުރުން އެ ވުޒާރާއިން ބުނީ ވަދު ކަނދުފަތި ގާއިމް ކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްގީ ކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ކަނދުފަތި ގާއިމް ކުރުމުގެ މަސައްކަތް އެވުޒާރާ އިން ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.





