- އިސްތިހާރު -spot_img

ހިޔާގެ އަށް ޓާވަރެއްގައި އައު ލިފްޓުގެ ބޭނުންކުރަން ފަށައިފި

މިހާތަނަށް ހިޔާ ޓަވަރުތަކުގެ ތެރެއިން އަށް ޓަވަރެއްގައި އައު ލިފްޓު ހަރުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

ހިޔާ ޓަވަރުތަކުގެ ތެރެއިން އެންމެ ފުރަތަމަ އައު ލިފްޓު ހަރުކޮށް ބޭނުންކުރަން ފެށީ ޓަވަރު ދޭއްގައެވެ.

ހިޔާ ޓަވަރުތައް އިމާރާތްކުރި އިރު ހަރުކޮށްފައިވާ ލިފްޓުތަކުން ހިދުމަތް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް ގިނަ ފަރާތްތަކުން އޭރު ބުނެފައިވެއެވެ. އަދި ވަޒީފާ އަށް ދާ ފަރާތްތަކާއި ސްކޫލު ގަޑިތަކުގައިވެސް ލިފްޓު ބޭނުންކުރަން ޖެހެނީ ކިއުގައި ގިނަ ވަގުތު ހުރުމަށްފަހުކަން ފާހަގަކުރެވެއެވެ.

މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ހިމެނޭ ވައުދުފުޅެކެވެ. އެގޮތުން މި މަސައްކަތައް ފެށުނުތާ ދެ އަހަރުވެގެން ގޮސްފައިވާއިރު އައު ލިފްޓުގެ ހިދުމަތާއިއެކު ގިނަ ފަރާތްތަކަށްވަނީ ލުއި ފަސޭހަތަކެއް ލިބިފައެވެ.

ހިޔާ ޓަވަރުތަކުގައި އައު ލިފްޓު ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާއެވެ. މި މަޝްރޫއުގެ ދަށުން އަލަށް ޖުމްލަ 32 ލިފްޓް ހަރު ކުރުމަށް ހަމަޖެހިފައިވާއިރު މި މަސައްކަތަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ހަރަދުކުރެވޭނެކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި