- އިސްތިހާރު -spot_img

ހުޅުމާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 17 ބިދޭސީއަކު ބަލާފާސްކޮށްފި

ހުޅުމާލެ ފޭސް 2 ގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި 17 ބިދޭސީއަކު ބަލާފާސްކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ޓާސްކްފޯސްއިން ހިންގަމުންދާ އޮޕަރޭޝަން ތަކުގައި، މި މަހު 24 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 އަށް އަމާޒުކޮށް ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެގޮތުން، މި އޮޕަރޭޝަނުގައި 17 ބިދޭސީއެއް ބަލައިފާސްކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު މިހާތަނަށް ގިނަ ތަންތަން ބަލައިފާސްކޮށް ގިނަ ބިދޭސީންތަކެއް އަނބުރާ އެ މީހުންގެ ގައުމުތަކަށް ސަރުކާރުން ފޮނުވާލާފައިވާކަން ފާހަގަކުރެވެއެވެ.

މި މަސައްކަތުގެ ތެރެއިން ހިންގޭ އެންފޯސްމަންޓް އޮޕަރޭޝަން ތަކުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، ބިދޭސީ މުވައްޒަފުންގެ އަތުގައި މުއްދަތު ހަމަނުވާ ވީޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވީޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކޮށް ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރަމުން ގެންދިއުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން ގަވާއިދާ ހިލާފަށް ’އޯޕަން ވިޒާ’ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، އެ މީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި