މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މީހަކު ގެއްލިގެން ހޯދަން އިއުލާން ކޮށްފައިވާ މީހާ ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ އަބްދުލްއަޒީޒް އޭނާގެ އާއިލާއަށް އަދި ފުވައްމުލައް ޕޮލިސް ސްޓޭޝަނަށް ގުޅައި، އޭނާ ހުރީ ތިލަފުށީގައި ކަމާއި ހާލު ރަނގަޅުކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އިއްޔެ ބުނީ ގެއްލިގެން ހޯދަމުންދިޔައީ އަބްދުލްއަޒީޒު މުހައްމަދު (64އ) ދޫޑިގަން، ދުންފިނިގެ / ޏ. ފުވައްމުލައް ކަމަށެވެ. އަދި އޭނާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށްވެސް ފުލުހުން ބުންޏެވެ.
އަބްދުލްއަޒީޒު މުހައްމަދު މަސައްކަތްކުރަނީ މުދާ އުފުލާ ދޯނި ފަހަރުގައި ކަމަށާއި އޭނާގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ 2025 ސެޕްޓެމްބަރު 3 ވަނަ ދުވަހު ފޯނުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި އަބްދުލްއަޒީޒު މުހައްމަދު އާއިލާގެ މީހަކަށް އެންމެ ފަހުން ފެނިފައިވަނީ 2025 ނޮވެމްބަރު މަސްތެރޭގައި އައިޖީއެމްއެޗް ކައިރިން ކަމަށްވެސް އޭނާގެ އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.





