- އިސްތިހާރު -spot_img

މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދޭ: އެޗްޕީއޭ

މޫސުމާބެހޭ ގައުމީ އިދާރާ (މެޓު)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ސަރަހައްދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހު (ހޭޒް) ގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކުރިއަށް އޮތް ދެ ދުވަހުވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެ އެޖެންސީއިން އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން ބުނީ ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓްގެ ލިންކް އިން iqair.com/maldives ”ނުވަތަ ވިޝުއަލް އައިކިއު އެއާ“ އެޕް އަޅުއްވައިގެންވެސް ބަލާލެވޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ވައި ނުސާފު ވަގުތުތަކުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެގޮތުން ނާޒުކު ހާލަތްތަކުގައި ފާރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންގެ އިތުރުން އެލާޖީ މައްސަލަ ހުންނަ މީހުން ހިމެނޭ ކަމަށެވެ.

އެގޮތުން ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމާއި އެފަދަ ފަރާތްތައް ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި އެން 95 ނުވަތަ އެފަދަ މާސްކެއް އެޅުމަކީ މުހިއްމު ކަމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އަދި ބޭރުގެ ނުސާފުވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އެއާ ޕިއުރިފަޔާއެއް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި