- އިސްތިހާރު -spot_img

ރަޝިއާއިން ރާއްޖެއަށް 20،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ރަޝިއާއިން ރާއްޖެ 26،965 ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރު ފެށިގެން މި މަހު 28 ވަނަ ދުވަހުގެ ނިޔަލަށް 200،801 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓަށް ބަލާއިރު:

  1. ރަޝިއާ: 26،965 ފަތުރުވެރިން
  2. އިޓަލީވިލާތް: 21،137 ފަތުރުވެރިން
  3. ޗައިނާ: 18،531 ފަތުރުވެރިން
  4. އިނގިރޭސިވިލާތް: 18،105 ފަތުރުވެރިން
  5. ޖަރުމަނުވިލާތް: 12،746 ފަތުރުވެރިން މިވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7171 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 138،166 ގައެވެ. އަދި ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 5358 ގައެވެ. ހަމައެހެންމެ ގެސްޓު ހައުސް ތަކުގައި 52،984 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 4112 އަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރު ނިމުންއިރު ރާއްޖެއަށް 2.2 މިލިއަން ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ފަތުރުވެރިކަމާއިބެހޭ ވުޒާރާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ގުޅިގެން އަންނަނީ ގިނަ ހަރަކާތަތްތަކެއް ކުރިއަށްގެންދަމުންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި