- އިސްތިހާރު -spot_img

”މާލީގޮތުން ބޭންކަށް ލިބެމުންދާ ކުރިއެރުންތަކުގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ“

މާލީގޮތުން ބޭންކަށް ލިބެމުންދާ ކުރިއެރުންތަކުގެ ފައިދާ މުޅި ރާއްޖެއަށް ކުރާނެ ކަމަށް މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ

ވަޒީރު މިފަދައިން ވިދާޅުވީ ބީއެމްއެލް ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ދ. ކުޑަހުވަދޫ ބުރާންޗުގެ އައު އިމާރާތް ހުޅުުވައި ހިދުމަތްދޭން ފަށާފައިވާއިރު މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މާލީ ކަންކަމާއި ތަރައްްގީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި މި ރަސްމިއްޔާތުގައި ބޭންކުގެ އިސްވެރިންނާއި، އަތޮޅު ކައުންސިލް މެންބަރުގެ އިތުރުން އެރަށު ކައުންސިލްގެ މެންބަރުންނާއި ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ބީއެމްއެލްއިން ބުނީ ކުޑަހުވަދޫގައި ގާއިމްކޮށްފައިވާ ބީއެމްއެލް ބްރާންޗުގެ އައު އިމާރާތް ”ޕޭޕާ ލެސް“ ނުވަތަ ޑިޖިޓަލް ބޭންކިން ނިޒާމު ހިމެނޭ ބްރާންޗެއް ކަމަށާއި މި ބްރާންޗުން އިސްލާމީ ޝަރީއަތާ އެއްގޮތަށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިންގެ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށެވެ.

ރަސްމީ ގަޑި ތަކުގައި އެކައުންޓް ހުޅުވުމާއި، ލޯނު ދޫކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކާޑުގެ ހިދުމަތްތައްވެސް މި ބްރާންޗުން ލިބިގެންދާނާއިރު އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ބްރާންޗު ތަކެކޭ އެއްގޮތަށް ކުޑަހުވަދޫ ބްރާންޗުންވެސް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލްތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތްތައް ލިބިގެންދާނެ ކަން ފާހަގަކުރެވެއެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމުގައި ވިޔަފާރިތަކަށް އަންނަ ކުރިއެރުމަކީ ވަރަށް މުހިއްމު ކުރިއެރުންތަކެއް ކަމަށެވެ. އަދި މި މަސައްކަތުގައި ގައުމީ ބޭންކުގެ ދައުރު ބޮޑު ކަން ފާހަގަކުރައްވާ ވަޒީރު ވަނީ ގައުމީ ބޭންކު ފުޅާކުރުމަށް ހުރިހައި އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްވެސް ކުރައްވާފައެވެ.

ބޭންކާ ހަވާލުކުރާ މަސައްކަތްތައް ކަނޑައެޅޭ ތާރީހުތަކަށް މަސައްކަތްތައް ނިންމާކަން ފާހަގަކުރައްވާ ވަޒީރު ވަނީ މި އަހަރު ހާއްސަވެގެންދާނީ ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ބަހައްޓާ ބުރާންޗުތައް އިތުރުކުރުމަށް ކަމަށެވެ. އަދި މި އަހަރުތެރޭ ބީއެމްއެލްގެ 70 ޑޮލަރު އޭޓީއެމް ބަހައްޓާ 12 ބުރާންޗު ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި