- އިސްތިހާރު -spot_img

އެމްއެންޑީއެފްގެ ”ފަޔާ ޕްރިވެންޝަން ވީކް 2026“ ހަރަކާތްތައް ފަށައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ”ފަޔާ ޕްރިވެންޝަން ވީކް 2026“ ހަރަކާތްތައް ފަށައިފިއެވެ.

މި ހަރަކާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަމީނިއްޔާ ސްކޫލުގައެވެ. އަދި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާއީ ވުޒާރާގެ ޑެޕިއުޓީ މިނިސްޓާ، އަލްފާޞިލާ ފާތިމަތު މިޒުނާ އަލީއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށް ގެންދާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، ގްރޭޓާ މާލެ ސަރަހައްދުގައި ފަޔާ އެންޑް ރެސްކިއު ސާވިސްގެ ހެޑްކޯޓާޒްގެ ފަރާތުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި އަމީނިއްޔާ ސްކޫލު، މުހްޔިއްދީން ސްކޫލް، ސަލާހުއްދީން ސްކޫލް، ރަސްފަންނު، ހުޅުމާލެ ރުއްގަނޑު އެކެއް، ހިޔާ ފުލެޓް ސަރަހައްދު އަދި ރެހެންދި ސްކޫލް ހިމެނޭ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

މި ހަރަކާތުގައި ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމުގެ އިތުރުން އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ގޮތުންވެސް ތަފާތު މައުލޫމާތު ހިއްސާ ކުރެވިގެންދާނެއެވެ.

ސްކޫލުތަކުގެ ކުދިންނަށް އަމާޒުކޮށްގެން އިއްޔެ ހަވީރުގެ ސެޝަން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، 920 ފަރާތަކުން ބައިވެރިވެފައިވާކަމަށް އެފްއާރުއެސްއިން ބުންޏެވެ. އަދި އިއްޔެގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް އަހުމަދު ތާހިރާއި، އެފްއާރުއެސްގެ ޕްރިންސިޕަލް ޑައިރެކްޓާ، ކާނަލް މުހައްމަދު ނަދީމް އިބްރާހީމް އާއި އެފްއާރުއެސްގެ ކޮމާންޑް ސާޖަންޓް މޭޖާ، ކޮމާންޑް ސާޖަންޓް މޭޖާ އާޒާދު ރުޝްދީ އާއި މާލެ ފަޔާ ސްޓޭޝަންގެ ކޮމާންޑާ، ލެފްޓިނެންޓް ކާނަލް އަހުމަދު ފާއިޒު ރަޝާދުގެ އިތުރުން ތައުލީމީ ވުޒާރާގެ އިސްބޭފުޅުންނާއި ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންވެސް ބައިވެރިވެފައިވެއެވެ.

މި ހަރަކާތުގައި މައުލޫމާތު ފޯރުކޮށްދެއްވާނީ، އެ އޭރިއާ ކޮމާންޑަށް ނިސްބަތްވާ ފަޔާ ޑިޕާޓްމަންޓްގެ ފަޔާ ފައިޓަރުންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި