- އިސްތިހާރު -spot_img

ޕީއެންސީއަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ބޮޑު ސިޔާސީ ޕާޓީ: ފަލާހު

ޕީއެންސީއަކީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ ބޮޑު  ސިޔާސީ ޕާޓީ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ ޕީއެންސީގެ މެދު ހެންވޭރު ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފަލާހު ވިދާޅުވީ ކުރު މުއްދަތުގައި 75000 މެމްބަރުން ހަމަވި ޕާޓީއަކީ ޕީއެންސީ ކަމަށާއި، މިޕާޓީއަކީ ލޯކަލް ކައުންސިލް އިންތިހާބެއްގައި ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ ޕާޓީ ކަމަށެވެ. އެގޮތުން ޕީއެންސީއަކީ އެ ޕާޓީ އުފެދުނު ފަހުން، އެންމެ ކުރުު މުއްދަތެއްގައި ވެރިކަމަށް އައި ޕާޓީ ކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެޕާޓީ ވެރިކަމާ ހަވާލުވި ފަހުން، ރާއްޖޭގައި އުފެދިފައިހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނީވެސް ޕީއެންސީ ކަމަށް ފަލާހު ވިދާޅުވިއެވެ.

”މިހުރިހާ ކަމަކާއި އެކު އަޅުގަނޑުމެންގެ މަސައްކަތަކަށްވާނީ މިފަހަރު މި އޮންނަ ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގައި ތާރީހީ ކާމިޔާބީއެއް ހޯދަން.“ ފަލާހު ވިދާޅުވިއެވެ.

ޕީއެންސީގެ ފަރާތުން މި ކައުންސިލް ކާމިޔާބު ކުރައްވާނެކަމުގެ ޔަގީން ކަން އޮތް ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު  ސީޓީތަކުގެ ތެރޭގައި ހިމެނޭ ފުވައްމުލަކު އަދި ތިނަދޫގެ ރައްޔިތުންނާއި ބައްދަލުކުރުމުންވެސް އެކަން ހާމަވެފައިވާ ކަމަށެވެ. އަދި އެ ދެ ރަށު ރައްޔިތުންވެސް ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކާއި މެދު ހިތްހަމަޖެހި، އުފަލުން ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ރައީސްގެ ސިޔާސަތުތަކުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުގައި ހުރި ކަންކަން ހައްލުވެ، ކުރިއެރުން ލިބިފައިވާ ކަން ފާހަގަކުރައްވާ ފަލާހު ވިދާޅުވީ އެމަނިކުފާނު ގެންނެވި ބަދަލުތަކަކީ ދިވެހި ރައްޔިތުން ބަލައިގަނެ ޝުކުރު އަދާކުރާ ކަންކަން ކަމަށެވެ.

ފަލާހު ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި އެއްކޮށް ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބުވެސް އެއްކޮށްލުމުގެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން  އެއް ދުވަހެއްގައި ވޯޓުލުން ކުރިއަށްގެންގޮސްފިނަމަ ދައުލަތުގެ ބަޖެޓުގައި 80 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ފަލާހު ވިދާޅުވިއެވެ. ނަމަވެސް ވަކި ދުވަސްތަކެއްގައި ވޯޓު ނެގުމުގެ ކަންކަން ކުރާނަމަ އިލެކްޝަން ކޮމިޝަނުން އެކަމަށް ކުރަންޖެހޭ ހަރަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.

މިހާ ހިސާބަށް އައިރު ރައީސް ވަނީ ރާއްޖެއަށް ފައިދާ ހުރި ގިނަ ކަންކަން ކޮށްދެއްވާފައި ކަމަށާއި،  ގާނޫނަށް ގެންނަ މުހިއްމު ބަދަލުތަކަށްވެސް މަޖިލީހުގައި ތިބި ސަރުކާރާއި އިދިކޮޅު މެމްބަރުން ދެކޮޅު ހަދާފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

ފަލާހު ވަނީ އޭޕްރީލް ހަތަރު ވަނަ ދުވަހު އޮންނަ އިންތިހަބުގައި ޕީއެންސީގެ މެމްބަރުންނަށް ވޯޓު ދިނުމަށް ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި