- އިސްތިހާރު -spot_img

”ކުރި“ ޕޯޓަލް ރަސްމީކޮށް އިފްތިތާހުކޮށްފި

މަތީ ތައުލީމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަގުސަދުގައި ”ކުރި“ ޕޯޓަލް ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މަތީ ތައުލީމާއި މަސައްކަތްތެރި ކަމާއި ހުނަތުރައް ތަރައްގީ ކުރުމާއިބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ކުރި ނިޒާމަކީ ދަރިވަރުންނަށް ދިމާވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރާނެ ނިޒާމެއް ކަމަށެވެ.

ހަމައެހެންމެ ސަރުކާރުން ދެމުންދާ ސްކޮލާޝިޕްތަކާއި މަތީ ތައުލީމް ހާސިލްކުރުމަށް ލޯނު ދޫކުރުމަށް މީގެ ކުރިން ދަރިވަރުންނަށް ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަންޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ކަންކަން ނިންމުމުގައި ހުރި ލަސްތަކާއި ނިޒާމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ބުރުއަރައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކަންކަން ވިލަރެސް ކުރުމުގައި ހުރި ދަތިކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ކުރި ނިޒާމަކީ މި ކަންކަމަށް ހައްލެއް ގެނެސްދޭނެ ނިޒާމެއް ކަމަށާއި، މި ނިޒާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމާއެކު ދައުލަތުގެ ހުރިހާ މުވައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރެވެމުންދާ މޯލްޑިވްސް 2.0 ގެ ދަށުން ދަރިވަރުންނަށް ދެމުންދާ ހިދުމަތްތަކުގެ ދުވެލި އަވަސްކޮށް، ކުށްތައް މަދުކޮށް އެ ވުޒާރާގެ ހިންގުން އެތައް ގުނައެއް ހަރުދަނާވެގެންދާނެ ނިޒާމެއް ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި