- އިސްތިހާރު -spot_img

ދިފާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ އަހަރު މުުހިިންމު ކުރިއެރުންތަކެއް ހޯދާފައިވޭ: ރައީސް

ދިފާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިދިޔަ އަހަރު ތެރޭގައި މުހިިންމު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ދިވެހި އަސްކަރީއްޔާ ވަރުގަދަ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކޯސްޓްގާޑު ދެގުނަ ކުރުމަށް މަސައްކަތް ފެށިފައިވާ ކަމަށާއި، އެގޮތުން ތުރުކީ ވިލާތުން ހަދިޔާކުރެއްވި ސިފައިން ހިދުމަތުގައި މިހާރު ބޭނުން ކުރަމުންދާ އެންމެ ބޮޑު އަސްކަރީ މަނަވަރު މިދިޔަ އަހަރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އިތުރު އުޅަނދުތައް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

”ސިފައިން ހިންގާ މެރިޓައިމް ސެކިއުރިޓީ އޮޕަރޭޝަންތަކަށް، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ އިންސްޕެކްޓާ ވެސަލް ހޯދުމުގެ މަސައްކަތް ފަށައި 3 އުޅަނދު މިހާރު ވާނީ ހިދުމަތަށް ނެރެފައި. މިއަހަރު ތެރޭގައި އިތުރު 17 އުޅަނދު ހިދުމަތައް ނެރެވޭނެ. އަދި ޖަޕާން ސަރުކާރުން 2 ހާބާ ކްރާފްޓް ވެސަލް ހޯދުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާފައިވޭ.“ ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރާ މަނަވަރު މި އަހަރު ހިދުމަށް ނެރެވޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން އެމްއެންޑީއެފް އެއާ ކޯ 2024 ވަނަ އަހަރު އުފައްދައި ފުރަތަމަ އެއާ ސްޓޭޝަން މިދިޔަ އަހަރު ސ. ގަމުގައި ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. އަދި މި މަސައްކަތަށް އަލިއަޅުވައި އެމަނިކުފާނު ވަނީ، ށ. އަތޮޅުގައި ތަރައްގީ ކުރާ އެއާ ސްޓޭޝަން މިއަހަރު ހިދުމަތައް ނެރެފައިވާ ކަން ފާހަގަކުރައްވާފައެވެ.

”މިދިޔަ އަހަރު އެމްއެންޑީއެފް އެއަރސްޓޭޝަން ސ. ގަމުގައި ވަނީ ޚިދުމަތް ވަނީ ފަށާފައި. އަދި އުތުރުގައި އެއަރސްޓޭޝަނެއް ޤާއިމް ކުރުމަށް ނިންމައި ށ. ފުނަދޫގައި ތަރައްޤީކުރެވޭ އެއަރސްޓޭޝަން ނިންމައި އިރާދަ ކުރެއްވިއްޔާ މިއަހަރު ބޭނުން ކުރަން ފަށާނަން.“ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވަނީ މި އަހަރު ތެރޭގައި މުހިންމު މަސައްކަތް މި ދާއިރާގައި ކުރެވޭނެކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ގިރިފުށި ބިން ހިއްކުމާއި، އެމްއެންޑީއެފް އައްޑޫ ޓްރެއިނިން ސެންޓަރު ތަރައްގީ ކުރުމުގެ އިތުރުން ކަޅުތުއްކަލާ ކޮށީގައި އުމްރާނީ ތަރައްގީގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މީގެ އިތުރުން ސިފައިންގެ ހިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ގެންނަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި