- އިސްތިހާރު -spot_img

މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް އިފްތިތާހު ކޮށްފި

ކަނޑު އުޅަނދު ފަހަރު ކޮންޓްރޯލް ކުރުން ފަސޭހަ ކުރުމަށްޓަކައި މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމް ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މިއަދު ބޭއްވި މި ރަސްމިއްޔާތުގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާހް ކޮށްދެއްވީ އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މަލްޓިފްލެކްސް ސްޓިއަރިން ސިސްޓަމްއާ ގުޅިގެން އެމްޓީސީސީން ކަނޑު އުޅަނދު ފަހަރު ދުއްވުމުގައި އިންގިލާބީ ބަދަލެއް ގެނުވާނެ ފަދަ ޒަމާނީ ސްޓިއަރިން ސޮލިއުޝަންތަކެއް ތައާރަފުކޮށްފައިވާއިރު މި ސިސްޓަމްތަކުގެ ސަބަބުން އުޅަނދު ކޮންޓްރޯލް ކުރުމުގައި ފަސޭހަކަމާއި ލުއިކަން ލިބިގެންދާނެ އެވެ.

މީގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ، އުޅަނދު ދުއްވާ ފަރާތްތަކަށް ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ މިއީ ރާއްޖޭގެ މާހައުލާއި ކަނޑުތަކާ ގުޅޭ އިތުބާރު ހުރި، ފެންވަރު ރަނގަޅު އަދި އަގު ހެޔޮ ކަނޑު ދަތުރު ފަތުރުގެ ހައްލުތައް ފޯރުކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި