- އިސްތިހާރު -spot_img

އިސްލާމްއާބާދުގެ މިސްކިތަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

މިދިޔަ ހުކުރު ދުވަހު، އިސްލާމްއާބާދުގެ ތަރްލާއި ސަރަހައްދުގައި ހުރި މިސްކިތެއްގައި ހުކުރު ނަމާދު ވަގުތު ދިން ރަހުމުކުޑަ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރެއެވެ.

ހާރިޖީ ވުޒާރާއިން ވަނީ މި ނުރައްކާތެރި ހަމަލާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން ފާހަގަކޮށްފައެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ސަރުކާރަށާއި އަހުވަންތަ ރައްޔިތުންނަށް އިހުލާސްތެރި ތައުޒިޔާވެސް އެ ވުޒާރާއިން ފޮނުވާފައިވެއެވެ.

ހަމަލާގައި ވަކިވެދިޔަ މީހުންގެ އާއިލާތަކަށް ފުން ހަމްދަރުދީ ފޮނުވުމާއެކު، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ވުޒާރާއިން އެދިފައިވާއިރު ނިރުބަވެރިކަމުގެ ހުރިހާ އަމަލުތަކަކީވެސް ދިވެހިރާއްޖެއިން އެއްވެސް އުސޫލަކުން ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ވަކިން ހާއްސަކޮށް، މުގައްދަސް އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށްދޭ މިފަދަ ފިނޑި ހަމަލާތަކަކީ އިންސާނިއްޔަތާއި، ދީނާއި، އަދި އަހުލާގީ އެންމެހާ މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު، މުޅި އިންސާނިއްޔަތަށް ދެވޭ ހަމަލާއެއް ކަމަށްވެސް ވުޒާރާއިން ބުންޏެވެ.

ޕާކިސްތާނަށް ކުރިމަތިވެފައިވާ މި ދަތި އުނދަގޫ ވަގުތުގައި ދިވެހިރާއްޖެ އޮތީ އެގައުމާއެކު ސާބިތުކަމާއެކުގައިކަން ފާހަގަކޮށް ވުޒާރާއިން ބުނީ ނިރުބަވެރިކަމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ އެންމެހާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދޭނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި