- އިސްތިހާރު -spot_img

ޕާކިސްތާނުގެ ”ޕެޓްސް ކޮމްޕެޓިޝަން“ގައި ވާދަކޮށް އެމްއެންޑީއެފްއިން ރަން މެޑެލް ހޯދާފައިވާތީ ރައީސް މަރުހަބާ ވިދާޅުވެއްޖެ

ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) މުބާރާތުގައި މި އަހަރު ވާދަކުރި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯސަސްގެ ޓީމުން ރަން މެޑަލް ހާސިލު ކުރުމަކީ ދިވެހި އަސްކަރިއްޔާ އަށާއި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޕާކިސްތާނުގައި ބޭއްވި ނުވަ ވަނަ ޕެޓްސް މުބާރާތުގައި ބައިވެރިވެ، އެމްއެންޑީއެފްގެ ޓީމުން ރަން މެޑަލް ހާސިލުކޮށްފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ 16 ގައުމަކުން 24 ޓީމު ބައިވެރިވި މި މުބާރާތަކީ އަހަރަކު އެއްފަހަރު ބާއްވާ، ޓީމުތަކުގެ އަސްކަރީ ހުނަރުގެ މޮޅުކަމާއި، އަސްކަރީ އަހުލާގާއި، ބައިވެރިންގެ ހިތްވަރާއި އަޒުމް، ބުންވަރާއި މެންޓަލް ފިޓްނަސް އަދި ޓީމުގެ ބަދަހި ގުޅުން ތަފާތު އެތަކެއް އުނދަގޫ ހާލަތުގައި ޓެސްޓު ކުރާ މުބާރާތެއް ކަމަށެވެ.

”ދިވެހި ސިފައިންނަށް ހޫނު މަރުޙަބާއެއް ކިޔާ، ޓީމުގެ ހުރިހާ މެންބަރުންނަށް އައްސަރިބަހާއި ސާބަސް ރައްދު ކުރަން.“ ރައީސް ވިދާޅުވިއެވެ.

މި މަހު ފަސް ވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާންގެ ނޭޝަނަަލް ކައުންޓާ ޓެރެރިޒަމް ސެންޓާ، ޕަބި، ގައި ކުރިއަށްދިޔަ މި މުބާރާތުގައި 16 ގައުމެއްގެ އަސްކަރިއްޔާއިން 24 ޓީމެއް ބައިވެރިވެފައިވާއިރު މި މުބާރާތުގައި އެމްއެންޑީއެފުން ބައިވެރިވި ޓީމްގައި ހިމެނެނީ ސްޕެޝަލް ފޯސަސްގެ 15 ސިފައިނެވެ. އަދި ޓީމުގެ މެނޭޖަރަކީ ލެފްޓިނަންޓް މުހައްމަދު ނީވީން އެވެ. މީގެ އިތުރުން އޮބްޒާވަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވަނީ ކާނަލް މުހައްމަދު ނާޒިމްއެވެ.

އެމްއެންޑީއެފްއިން ބުނީ ޕާކިސްތާން އަސްކަރިއްޔާއިން ކުރިއަށްގެންދާ ”ޕެޓްސް ކޮމްޕެޓިޝަން“ އަކީ އަސްކަރީ ގާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ އެންމެ މަތީ ފަންތީގެ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި އަސްކަރީ ގޮތުން ބޭނުންކުރާ އުކުޅުތަކާއި އެކިއެކި ހާލަތް ތަކުގައި އަމަލުކުރާނެ ގޮތްތައްވެސް ކުރިއަށްގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މީގެ އިތުރުން ބޭރުގެ ގިނަ އަސްކަރިއްޔާތަކަކާ ވާދަކޮށް، ދިވެހި އަސްކަރިއްޔާއިން މި ފަހުރުވެރި ކާމިޔާބީ ހާސިލުކޮށްފައި ވަނީ ދިވެހިރާއްޖެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ދިވެހި އަސްކަރިއްޔާގެ ގާބިލުކަމާއި ދިވެހި ސިފައިންގެ ހުނަރުވެރިކަން މަތިކޮށް، ތަރައްގީކުރުމަށް ދެއްވާ ހާއްސަ ސަމާލުކަމާއި، ދެއްވާ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި