- އިސްތިހާރު -spot_img

ބަނގުރަލާއެކު ހައްޔަރު ކުރި އަންހެން ފުލުސް ވަޒީފާއިން ވަކި ކުރަން ނިންމިކަމަށް ބުނެވުނީ އޮޅުމަކުން: ފުލުހުން

 

ކ. ތުލުސްދޫގައި ގަވާއިދާއި ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް އެތަކެތިގެ ވިޔަފާރި ކުރާ ކަމަަށް ލިބުނު މައުލޫމާތަކައި ގުލިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި އަންހެން ފުލުސް ވަޒީފާއިން ވަކި ކުރަން ނިންމިކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.

މިދިޔަ މަސް ތެރޭގައި ހިންގި މި އޮޕަރޭޝަންގައި ޖުމްލަ ހަތް މީހަކު ހިމެނެއެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި ހިމެނީ ކޮންސްޓަބަލް އާމިނަތު މާޔާ ހުސައިން ބަޝީރެެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ، ގަވާއިދާ ހިލާފަށް ބަންގުރާ ގެންގުޅޭ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުުލުހުންނަށް ލިބުނު މައުލޫމަތަކާއި ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ތުލުސްދޫ ގެސްޓް ހައުސްއެއް ބަލައިފާސްކޮށް، ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަަލައަ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 23 އަހަރުގެ ތިން ފިރިހެނުންނާއި، 27 އަހަރުގެ ފިރިހެނަކައި، 23 އަހަރުގެ އަންހެނަކާއި، 26 އަހަރުގެ އަންހެނަކާއި، 20 އަހަރުގެ އަންހެނެއް ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. މި އެންމެންނަކީވެސް ދިވެހިންނެވެ.

އޮފިޝަލް ވިދާޅުވީ، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، ގެސްޓްހައުސް ބަލައިފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 500އެމްއެލްގެ ދެ ފުޅިއާއި ތައްޓެއް ފެނުނު މައްސަލައިގައި ކަމަށެވެ.

އަދި އެ މީހުން ކޯޓަށް ހާޒިރު ނުކޮށް ދޫކޮށްލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި މީހުންގެ ކުޑަކުމުދާތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެއްޗަށް ނައްސިވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް އިއްޔެ ވިދާޅުވީ، މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑްކޮސް، މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑުން ބެލުމަށް ފަހު ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން، އޭނާ ފުލުހުންގެ ވަޒީފާއިން ވަކި ކުރުމަށް ލަފާ ދީފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، މާޔާ ބަޝީރުގެ މައްސަލަ ބަލައި، ޑިސިޕިލިނަރީ ބޯޑަށް ހުށަހެޅުމުން ވަޒީފާއިން ވަކި ކުރަން ނިންމާފައިވާ ކަަމަށް ދެންނެވިފައި ވަނީ އޮޅުމަކުން ކަަމަށެވެ.

”ރަނގަޅު ގޮތަކީ، ވަޒީފާއިން ސަސްޕެންޑްކޮށް، މި މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑްސް ކޮމާންޑޫން ދަނީ ބަލަމުން،“. އޮފިޝަލް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި