- އިސްތިހާރު -spot_img

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕް ގްރޭޑް ކުރުމަށްޓަކައި، ހިދުމަތް ކޮންމެހެން މެދު ކަނޑާލައިގެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް މާލެ ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

އެ ގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން  ލަފާކޮށްފައިވަނީ މިއަދު މެންދުރު ފަހު 14:00 އާއި މެންދުރު 15:30 އާ ދެމެދުގަ އެވެ.

ކަރަންޓު ކެނޑޭނެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނެނީ ސައްޔިދުކިލޭގެފާނު މަގު، ޝާހީދު ކުޑަނެވި ތުއްތު މަނިކު ހިނގުން، ޒަމާނީ ގޯޅި، އަތަމާ ގޯޅި، ޗާންދަނީ މަގު، ދިލް ބަހާރުމަގު އަދި މަޖީދީ މަގެވެ. ސްޓެލްކޯއިން ވަނީ ދިމާވެދާނެ ދަތި ތަކަށް މައާފަށްވެސް އެދިފަ އެވެ.

މާލެ ސަރަހައްދުގައި ކަރަންޓު  ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހާއްސަކޮށް ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރަށްރަށުގައިވެސް ސްޓެލްކޯއިން ދަނީ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޖެނެރޭޓަރުތައް ގެންގޮސް ހިދުމަތް ދިނުމަށް މަސައްކަތްތަކެއް ކުރަމުންކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި