ޝަހީދުންގެ ދުވަހުގައި ޝަހީދުވި ދިވެހިންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަނދާނީ އައްޑަނައެއް އަރުވައިފިއެވެ.
އެ އައްޑަނަތައް އަރުވާފައި ވަނީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
މިގޮތުން އައްޑަން އެރުވި އާއިލާތަކަކީ
1- ޝަހީދު ސާޖަންޓް ކުޑަ އާދަނުގެ ކުޑަ ތުއްތު:
ޝަހީދު ސާޖަންޓު ކުޑަ އާދަނުގެ ކުޑަ ތުއްތު ޝަހީދުވީ ދުޝްމަނުން ސިފައިންގެ މައި މަރުކަޒަށް ހަމަލާ ދޭން ފެށުމުާއި އެކު އެކަމުގެ މައުލޫމާތު ސާފު ކުރައްވަން މެދު ޒިޔާރަތް މަގުން ސައިކަލުގައި ސިފައިންގެ އަށް ވަޑައިގަންނަވަނިކޮށް ދުޝްމަނުން ދިން ބަޑީގެ ހަމަލާއެއްގައި ވަޒަން އަރައިގެންނެވެ. ޝަހީދުވި އިރު އުމުރު ފުޅަކީ 49 އަހަރެވެ. އަދި ހިދުމަތުގައި އުޅުއްވާތާ އޭރު 27 އަހަރު ވަނީ ވެފައެވެ.
2- ޝަހީދު ލެފްޓިނެންޓް ކުޑަނެވި ތުއްތު މަނިކު:
ޝަހީދު ކުޑަނެވި ތުއްތު މަނިކު އަވަހާރަވީ ސިފައިންގެ ވެރިޔާގެ ނައިބު ދިފާއު ކުރެއްވުމަށް މައްޗަންގޯޅި ކިނބުގަސްދޮށަށް ވަންނަވަން އުޅުން ވަނިކޮށް ދުޝްމްނުން ދިން ބަޑީގެ ހަމަލާއެއްގައެވެ، ޝަހީދުވިއިރު އުމުރުފުޅަކީ 51 އަހަރެވެ. އަދި ހިދުމަތުގައި އުޅުއްވާތާ އޭރު 17 އަހަރު ވަނީ ވެފައެވެ.
3- ޝަހީދު ކޯޕްރަލް ހުސައިން މުހައްމަދު:
ޝަހީދު ކޯޕްރަލް ހުސައިން މުހައްމަދު އަވަހާރަވީ ދުޝްމަނުން ސިފައިންގެ މައި މަރުކަޒަށް ހަމަލާދޭން ފެށުމުން ބައިސްކަލުގައި ސިފައިންގެއަށް ވަޑައިގަންނަވަނިކޮށް ބަޑީގެ ހަމަލާއެއްގައި ވަޒަން އަރައިގެންނެވެ. ޝަހީދުވިއިރު އުމުރުފުޅަކީ 38 އަހަރެވެ. އަދި ހިދުމަތުގައި އުޅުއްވާތާ އޭރު 17 އަހަރު ވަނީ ވެފައެވެ.
4- ޝަހީދު ކޯޕްރަލް މުހައްމަދު އިބްރާހިމް:
ކޯޕްރަލް މުހައްމަދު އިބްރާހިމް ޝަހީދުވީ، ފުލުސް އޮފީހުން ބޭރަށް ނިކުންނެވި ގަޑީގައި ދުޝްމްނުން ދިން ބަޑީގެ ހަމަލާއެއްގައި ވަޒަން އަރައިގެންނެވެ. އަރައިގެންނެވ.ެ ޝަހީދުވި އިރު އުމުރުފުޅަކީ 31 އަހަރެވެ. ހިދުމަތުގައި އުޅުއްވާތާ 8 އަހަރުވެއްޖެއެވެ.
5- ޝަހީދު ސާޖަންޓް އާދަމް ނަސީރު:
6- ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރު:
ޝަހީދު ކޯޕްރަލް އަބްދުﷲ ޒުހައިރު ޝަހީދުވީ، ރައީސުލްޖުމްހޫީރިއްޔާގެ އޮފީހުގެ އުތުރުފަރާތު ގޭޓުގައި ޑިއުޓީއަށް ހުންނަވަނިކޮށް ދުޝްމަނުންދިން ބަޑީގެ ހަމަލާއެއްގައެވެ. ޝަހީދުވި އިރު އުމުރުފުޅަކީ 33 އަހަރުފުޅެވެ. ހިދުމަތުގައި އުޅުއްވާތާ 5 އަހަރު ވެފައެވެ.
7- ޝަހީދު ކޯޕްރަލް މުހައްމަދު ހަސަން:
ޝަހީދު ކޯޕްރަލް މުހައްމަދު ހަސަން ޝަހީދުވީ، ފުލުސް އޮފީހުން ބޭރަށް ނިކުންނެވި ގަޑީގައި ދުޝްމްނުން ދިން ބަޑީގެ ހަމަލާއެއްގައި ވަޒަން އަރައިގެންނެވެ. ޝަހީދުވިއިރު އުމުރުފުޅަކީ 28 އަހަރުފުޅެވެ. ހިދުމަތުގައި އުޅުއްވާތާ 4 އަހަރު ވަނީ ވެފައެވެ.
8- ޝަހީދު ކޯޕްރަސް ހުސެއިން އާދަމް:
ޝަހީދު ކޯޕްރަސް ހުސެއިން އާދަމް ޝަހީދުވީ، ސިފައިންގެ މައިމަރުކަޒު ދިފާއު ކުރުމަށް ޖިހާދު ކުރައްވަމުން ގެނަދަވަނިކޮށް ޝަހީދު ހުސެއިން އާދަމް އަށް އަމާޒުކޮށްދިން ހަމަލާތަކުގައެވެ. ޝަހީދުވި އިރު އެމުރުފުޅަކީ 20 އަހަރުފުޅެވެ. ހިދުމަތުގައި އުޅުއްވާތާ 4 އަހަރު ވަނީ ވެފައެވެ.
9- ޝަހީދު އިސްމާއިލް ހަލީމް:
އިސްމާއިލް ހަލީމް ޝަހީދުވީ، ނޮވެމްބަރު މަހު 3 ވަނަ ދުވަހުގެ ފަތިހު ދިވެހިރާޢްޖޭގެ އަޑު ހުޅުވުމަށްޓަކައި އެ އޮފީހުގެ ތަޅުދަނޑި ނެންގެވުމަށް ބަނޑޭރިގެއަށް ވަޑައިގަންނަވަނިކޮށް ދުޝްމަނުން ދިން ބަޑީގެ ހަމަލާއެއްގައެވެ. ޝަހީދު އިސްމާއިުލް ހަލީމް އޭރ5ު ހުންނެވީ ދިވެހިރާޢްޖޭގެ އަޑުގެ އޮިޕަރޭޓަރެއްގެ މަގާމުގައެވެ. ޝަހީދުވި އިރު އުމުރުފުޅަކީ 35 އަހަރުފުޅެވެ.
10- ޝަހީދު އިބްރާހިމް ހަމީދު:
ޝަހީދު އިބްރާހިމް ހަމީދު ޝަހީދުވީ ނޮވެމްބަރު މަހު 3 ވަނަ ދުވަހު ހެންވޭރު ދަނޑަށް ޕްރެކްރިސްއަށް ވަޑައިގަންނަވަނިކޮށް ގެއިން ނިކުމެ މާފަންނު ބަގީޗާގޭ ިއރުއިތުރު ކަންމަްށްޗަށް ވަޑައިގެނނެވި ތަނާ އިސްލާމީ މަރުކަޒު ކައިރީ ހަރަކާތެރިވި ދުޝްމިނުން ދިން ބަޑީގެ ހަމަލާއެއްގައެވެ. ޝަހީދުވިނ އިރު އުމުރުފުޅަކީ 22 އަހަރުފުޅެވެ.
11- ޝަހީދު އުމަރު އަހްމަދު:
ޝަހީދު އުމަރު އަހްމަދު ޝަހީދުވީ، ނޮވެމްބަރު މަހު 3 ވަނަ ދުވަހު ހަވީރު އިސްލާމީ މަރުކަޒުން ނިކުންނެވި ގަޑީގައި ދުޝްމަނުން ބަޑިން ބިރުދައްކާ ރަހީނުކޮށްގެން އެމްވީ ޕްރޮގެރސް ލައިޓް ގަެނަދަވަނިކޯށް އެ ބޯޓް ހުއްޓުވުމަށް ދިން ހަމަލާގެ ތެރޭގައެވެ. ޝަހީދު އުމަރު އަހްމަދު ޝަހީދުވީ ނޮވެމްބަރު މަހު 6 ވަނަ ދުވަހު އެވެ. ޝަހީދުވި އިރު އުމުރުފުޅަކީ 45 އަހަރުފުޅެވެ.
12- ޝަހީދު އަހްމަދު ލަބީބް:





