- އިސްތިހާރު -spot_img

ރޯދަ މަހު ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27އާ ހަމަައަށް: ޒަކާތު ހައުސް

1447 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27 އާ ހަމަައަށް ކަމަށް ޒަކާތު ހައުސް އިން އިއްޔެ ބުނެފިއެވެ.

ޒަކާތު ހައުސް އިން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 27އާ ހަމައަށް ފިތުރު ޒަކާތް އޮންލައިންކޮށް އަދި އިސްލާމީ މަރުކަޒުން ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

ޒަކާތު ހައުސްއިން ބުނީ އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 27 ވަނަ ދުވަހުގެ ހެނދުނު 6:00އާއި ހަމައަށް ތިރީގައިވާ މުއައްސަސާތައް މެދުވެރިކޮށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ދިރާގު ޕޭ
  • އުރީދޫ އެމްފައިސާ
  • އިސްލާމިކް ބޭންކް މޮބައިލް އެޕް
  • ބީއެމްއެލް މޮބައިލް އެޕް
  • އަވަސް އެޕް

ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ ފަހު ދުވަހާ ހަމައަށް ފަހިޕޭ އަދި ފިނޭންސް މިނިސްޓްރީ ބަނޑޭރި ޕޭ/ ޕޯޓަލް މެދުވެރިކޮށް ވެސް އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއ،ި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސައިފައިވާ ކަމަށް ވެސް ޒަކާތު ހައުސް އިން ބުންޏެވެ. އަދި އިސްލާމީ މަރުކަޒުގެ ކައުންޓަރުތަކުން ފިތުރު ޒަކާތް ބަލައިގަންނާނީ 22 ފެބުރުއަރީ އިން 09 މާޗު އަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 10:00 އިން 13:00 އަށް ކަމަށްވެސް ޒަކާތު ހައުސް އިން ބުންޏެވެ. ހަމައެހެންމެ 10 މާޗުން 19 މާޗަށް ފިތުރު ޒަކާތް ބަލައިގަންނާނީ ހުކުރާއި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ކަމަށް ޒަކާތު ހައުސް އިން މައުލޫމާތު ދީފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި