- އިސްތިހާރު -spot_img

ރައީސް، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއިން ހޯދި ކާމިޔާބީއަށް މަރުހާބާ ވިދާޅުވެއްޖެ

ބަންގްލަދޭޝްގައި ބޭއްވި 13 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ކާމިޔާބު ކުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެ ޕާޓީއަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މަރުހަބާ ވިދާޅުވީ އެކަމާއި ގުޅުގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވަނީ، ބީއެންޕީއިން އިންތިހާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި، އެ ޕާޓީގެ ލީޑާ ތާރިގު ރަޙްމާނަށް، މަރުހާބާ ވިދާޅުވެފަ އެވެ. އަދި ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ބަދަހިކޮށް، ކުރިއެރުވުމަށްޓަކައި ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް އަހަރު ތަކުގައި، ދެ ގައުމުގެ ދޭދޭ ގުޅުންތައް އިތުރަށް ފުޅާވެ، ވަރުގަދަވެގެންދާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

ބަންގްލަދޭޝްގައި ދާދި ފަހުން ބޭއްވި އާންމު އިންތިހާބުގައި އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)އިން ވާދަކޮށް ވަނީ ކާމިޔާބު ކޮށްފައެވެ. އަދި މި ކާމިޔާބީއާ އެކު، ބަންގްލަދޭޝްގެ ބޮޑު ވަޒީރު ކަމުގެ މަގާމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ އެ ޕާޓީގެ ވެރިޔާ ތާރިގު ރަޙްމާނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި