- އިސްތިހާރު -spot_img

ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކުރަނީ އުތުރާއި މެދު ރާއްޖެތެރެއަށް: މެޓު

މޫސުމާބެހޭ ގައުމީ އިދާރާ (މެޓު)ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ސަރަހައްދުތަކަށް، ހާއްސަކޮށް އުތުރާއި ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހު (ހޭޒް) ގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ ކުރިއަށް އޮތް ފަސް ދުވަހުވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަޙައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މޫސުމާބެހޭ ރިޕޯޓްތަކުގައި ދުރުފެންނަ މިންވަރު ތިން ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓްކުރަމުންދާ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

މެޓުން ބުނީ ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި ކަނޑުދަތުރުކުރާ ފަރާތްތަކުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށެވެ.

އެޗްޕީއޭއިން ބުނީ ވައި ނުސާފު ވަގުތުތަކުގައި ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެގޮތުން ނާޒުކު ހާލަތްތަކުގައި ފާރާތްތަކުގެ ތެރޭގައި ތުއްތު ކުދިންނާއި ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން، މާބަނޑު މީހުން، ނޭވާލާ ނިޒާމާއި ހިތުގެ ބައްޔަށް ފަރުވާ ކުރާ މީހުންގެ އިތުރުން އެލާޖީ މައްސަލަ ހުންނަ މީހުން ހިމެނޭ ކަމަށެވެ.

އެގޮތުން ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުމާއި އެފަދަ ފަރާތްތައް ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި އެން 95 ނުވަތަ އެފަދަ މާސްކެއް އެޅުމަކީ މުހިއްމު ކަމެއް ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. އަދި ބޭރުގެ ނުސާފުވައި ނުވަންނަހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި އެއާ ޕިއުރިފަޔާއެއް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި