- އިސްތިހާރު -spot_img

ބަނގުރާ ގެންގުޅެ ވިޔަފާރިކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހުޅުމާލެ އިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އަލަމް ފަރްހާދް، ބަންގްލަދޭޝް (35އ) އާއި އަބްދުއް ރަހްމާން، ބަންގްލަދޭޝް (35އ) ކަމަށެވެ. އަދި މި ދެ މީހުންނަކީ ވެސް އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ދެ މީހުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. މި ދެ މީހުން ވެސް މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މަހު 16 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި މަސައްކަތްކުރާ ފުލުހުން ޕެޓްރޯލު ކުރަމުން ދިޔަ އިރު ހުޅުމާލެ އެމްޕީއެލް ކޮންޓެއިނާ ޖެޓީ ސަރަހައްދުން އެ ދެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު 14 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

ފުލުހުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި