- އިސްތިހާރު -spot_img

މި ރަމަޟާންމަހުގެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ ފަށާނެ: ވުޒާރާ

މި ރަމަޟާން މަހު ބާއްވާ އެންމެ ފުރަތަމަ އިހްޔާ ފޯރަމް މިރޭ ފަށާނެ ކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. އަދި ފޯރަމްގެ މަޢުޟޫއަކީ ”ރަމަޟާން މަހުގެ މަތިވެރިކަން“ އެވެ. މިރޭ 21:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި ތަގުރީރު ކުރައްވާނީ އެ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި އަހަރު ޖުމުލަ 18 އިހްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާއިރު އޭގެ ތެރެއިން އަށް ބައްދަލުވުން މާލޭގައި ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި މާލޭގައި ކުރިޔަށް ގެންދާ އިހްޔާ ފޯރަމްތައް ކުރިއަށްގެންދާނީ މިރެއިން ފެށިގެން އަންނަ މަހުގެ 15 އާއި ހަމައަށެވެ.

މި ފަހަރު ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހަމޖެހިފައިވަނީ ކޮންމެ ހޯމަ ވިލޭރޭ އާއި ހުކުރު ވިލޭރޭ ކަމަށާއި، އަތޮޅުތެރޭގެ 10 ރަށެއްގައި އިހްޔާ ފޯރަމް ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް އިސްލާމީ ވުޒާރާއިން ބުނެފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ތ. ދިޔަމިގިލި، ތިނަދޫ ސިޓީ، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި