ވައި ނުސާފުވުމުގެ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމަށާއި، މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އިއްޔެ ބުނީ ވައި ނުސާފު ވަގުތު ތަކުގައި ރައްކާތެރިވެ ސަމާލުވާންވީ ކަންތައްތަކުގެ ތެރޭގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ ފަރާތްތަކުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދު ނުކުރުމަށެވެ. އަދި ބޭރަށް ނިކުންނަން ޖެހޭ ހާލަތް ތަކުގައި ރައްކާތެރި މާސްކު އެޅުމާއި ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވާއިރު ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި ބޭރުގައި ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންތައްތައްވެސް މަޑުޖައްސާލުމަކީ މުހިއްމު ކަމެއް ކަމަށް އެ އެޖެންސީއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ ދުންފުހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކަށްބަލާއިރު ހިމެނެނީ ކުޅުދުއްފުށި އަދި ކ. ވިލިގިލި ކަމާށާއި، ދ. ކުޑަހުވަދޫ އަދި އައްޑޫއަށްވެސް ދުންފުހުގެ އަސަރު ބޮޑު ކަމަށެވެ.
މިދުވަސްވަރު ރާއްޖެއަށް ދުންފުހުގެ އަސަރު ހުރި މިންވަރު ބޮޑުކަން ފާހަގަކުރެވެއެވެ.





