- އިސްތިހާރު -spot_img

ކުޅުދުއްފުށިގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމާއި ގުޅޭގޮތުން ބައްދަލުވުންތަކެއް ބާއްވައިފި

ވޯލްޑް ބޭންކުގެ އެހީގައި ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެސްޕަޔާ އަދި އެރައިޒް މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ގާއިމުކުރާ ސޯލާ ޕީވީ ނިޒާމާއި ގުޅޭގޮތުން އާންމުންނާ މަޝްވަރާކުރުމުގެ ބައްދަލުވުންތަކެއް އެ ސިޓީގައި ބާއްވައިފިއެވެ.

މި މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި 1.5 މެގަވޮޓްގެ ސޯލާ ހަކަތަ އުފެއްދުމުގެ ގާބިލުކަން އިތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި ދެ މެގަވޮޓްގެ ބެޓަރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމާއި، ރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނޭ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ބުންޏެވެ.

އެވުޒާރާއިން ބުނީ ކަރަންޓު ވިއުގަ ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން، މިހާރު ބޭނުންކުރަމުންދާ ކޭބަލްތައް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ، ކޭބަލް ވަޅުލުމަށް މަގުތައް ކޮނުމުގެ ތެރޭގައި އާންމުންނަށް ދިމާވެދާނެ ދަތިތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމާއި، އެފަދަ އުނދަގޫތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހިއްސާކުރުން ކަމަށެވެ.

މި ބައްދަލުވުމުގައި، މަޝްރޫއާ ގުޅިގެން އާންމުންގެ ހުރި ޝަކުވާތައް ހުށަހެޅުމަށާއި އެކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ގާއިމުކޮށްފައިވާ ’ގްރީވަންސް ރެޑްރެސް މެކޭނިޒަމް‘ އާ ބެހޭގޮތުންވެސް ބައިވެރިންނަށް މައުލޫމާތު ދީފައިވާއިރު، މި ބައްދަލުވުން ތަކުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރުންނާއި، އެ ސިޓީގައި ކަރަންޓުގެ ހިދުމަތް ދޭ ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި