- އިސްތިހާރު -spot_img

މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް މާދަމާ ޓޯވް ކުރަން ފަށަނީ

މާލޭގައި ގަވާއިދާއި ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް މާދަމާ ނަގަން ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މާލޭގައި ގަވާއިދާއި ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައި ހުރި އުޅަނދުތައް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މާދަމާ އިން ފެށިގެން ޓޯވްކުރަމުންދާނެ ކަމަށާއި، އެގޮތުން މާލޭގެ އެކިތަންތަނުގައި ބަހައްޓާފައިހުރި އެއްގަމު އުޅަނދުތައް މިރޭ 23:30 ގެ ކުރިން ނެގުމަށެވެ.

މި ތާރީހުގެ ފަހުން މާލޭގައި ގަވާއިދާއި ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި ރަޖިސްޓްރީނުކޮށް ބަހައްޓާފައިހުރި އުޅަނދުތަކާއި އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިހުރި އުޅަނދުތައް ޓޯވްކޮށް ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދެވޭނެ ކަން ފާހަގަކޮށް ފުލުހުން ބުނީ އެ ގޮތަށް ގެންދާ އުޅަނދުތައް ގެންދުމުގައާއި ފުލުހުން ކަނޑައަޅާ ތަނެއްގައި ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ އެއްވެސް ގެއްލުމަކަށް ފުލުހުން ޒިންމާ ނުވާނެ ކަމަށެވެ. އަދި ޓޯވް ކުރެވޭ އުޅަނދުތައް ޓޯވްކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުތަކުގެ ވެރިފަރާތުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިދިޔަ އަހަރުވެސް ފުލުހުން ވަނީ ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި ޕާކްކޮށްފައިވާ ގިނަ އަދަދެއްގެ އުޅަންދުތަކެއް ޓޯވް ކޮށްފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި