- އިސްތިހާރު -spot_img

ބްރޫނާއީގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް ތަހުނިޔާ ‌‏ފޮނުއްވައިފި‏

ބްރޫނާއީ ދާރުއްސަލާމްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރަސްގެފާނު، ސުލްތާން ހާޖީ ހަސަނުލް ބުލްކިއާ މުއިއްޒައްދީން ވަދާއުﷲ އަށާއި، އެ ގައުމުގެ ސަރުކާރަށާއި، އުހުވަތްތެރި ރައްޔިތުންނަށް، ‌‏ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފި އެވެ.

އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމާއި، ދެ ގައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާކުރެވިފައިވާ، ޒަމާންވީ، އުހުވަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ރައީސް ވަނީ ދެ ގައުމުގެ ދެމެދުގައިވާ ދުވަސްވީ ރަޙުމަތްތެރިކަން ބަދަހި ވަމުންދާނޭކަން ޔަގީން ކުރައްވާކަން ފާހަގަކުރައްވާފަ އެވެ.

ދެ ގައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާ ތަކުގައި މިހާރަށް ވުރެ ބޮޑަށް ގުޅިގެން، ގާތުން މަސައްކަތް ކުރެއްވުމަށް ޝައުގުވެރި ވެވަޑައިގަންނަވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެ ފަދަ މަސައްކަތްތަކަކީ ދެ ގައުމަށްވެސް ފައިދާކުރާނޭ މަސައްކަތްތަކެއްކަންވެސް ފާހަގަކުރައްވާފަ އެވެ.

ރައީސް ވަނީ ބްރޫނާއީގެ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުމުގެ އުހުވަތްތެރި ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަން ދެމިގެން ދިއުމަށް އެދިވަޑައިގަންނަވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި