- އިސްތިހާރު -spot_img

މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ށ. މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭނާ މިލަންދޫއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމަށާއި، ވިއްކައި ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ށ. މިލަންދޫ / ރޯސް، އަބްދުﷲ ޝުޖާއު (48އ) ކަމަށެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 55 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަބްދުﷲ ޝުޖާއުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖެއަށް އެކި ގޮތްގޮތުން މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރި ކުރާ މީހުންނާއި މެދު ސަރުކާރުން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިހާތަނަށް ގިނަ އަދަދެއްގެ މީހަކު ވަނީ މަސްތުވާތަކެއްޗާއި އެކު ބަންދުކޮށް ފިޔަވަޅު އަޅަމުންކަން ފާހަގަކުރެވެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި