- އިސްތިހާރު -spot_img

30 ހާސް ރުފިޔާއާއި އެކު މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީ ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، އަބްދުﷲ އަފީފް (40އ) އާއި ތ. ތިމަރަފުށި / ލަކީހައުސް، ސަފްވާން އަލީ (38އ) ކަމަށެވެ. އަދި މި ދެ މީހުން ހުޅުމާލެއިން ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކަށް އަމާޒު ކޮށްގެން ރަށުތެރެ ޕެޓްރޯލު ކުރުމުގެ ތެރޭގައި ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުގެ ތެރެއިން ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ނިރޮޅުމަގުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 10 ރަބަރު ޕެކެޓާއި 30500 އަށްވުރެ ގިނަ ދިވެހި ރުފިޔާގެ އިތުރުން 190 އަށް ވުރެ ގިނަ ޑޮލަރު ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަބްދުﷲ އަފީފް (40އ) ހަތް ދުވަހަށް އަދި ސަފްވާން އަލީ (38އ) 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުނ ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި