- އިސްތިހާރު -spot_img

މެދު އިރުމަތީ ހަނގުރާމައާއި ގުޅިގެން އެ ސަރަހައްދުގައި އުޅޭ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން، މެދުއިރުމަތީގެ ގައުމު ތަކުގައި ދިރިއުޅޭ އަދި ދަތުރު ކުރާ އެންމެހާ ދިވެހިން ސަލާމަތާ ރައްކާތެރިކަމަށް އަހައްމިއްޔަތުކަން ދިނުމަށް ހާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ހާއްސަކޮށް ހަމަލާ އަމާޒުވަމުންދާ ގައުމުތަކުގައި މި ވަގުތު ތިބި ދިވެހިން ބޭރު ތެރެއަށް ނުކުމެ އުޅުން ވީހާވެސް މަދު ކުރުމަށާއި އެ ގައުމެއްގެ ސަރުކާރުން ސަލާމަތާ ރައްކާތެރިކަމަށް ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށްވެސް އިލްތިމާސްކޮށްފައެވެ.

މި ސަރަޙައްދުގައި މި ވަގުތު ތިބި ދިވެހިންގެ ހާލަތު، އެ ވުޒާރާއިންނާއި މެދު އިރުމަތީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީތަކުން ދަނީ ގާތުން ބަލަމުން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގު ފަހިކުރުމުގެ ގޮތުން، އެ ސަރަޙައްދުގައި އުޅޭ އެންމެހާ ދިވެހިން ވީ އެންމެ އަވަހަކަށް އެންމެ ކައިރީގައި ހުރި ދިވެހިރާއްޖޭގެ އެމްބަސީ އެއްގައި ރަޖިސްޓްރީވުމަށް ހާރިޖީ ވުޒާރާއިން އެދިފައިވެއެވެ.

އެ ވުޒާރާއިން ވަނީ މިސަރަޙައްދުގައިވާ އެމްބަސީތަކާއި ވުޒާރާގެ ހޮޓްލައިން ނަންބަރުތައްވެސް ހިއްސާ ކޮށްފައެވެ.

* ދޯހާ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 97451777896 +
* ޔޫއޭއީ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 971501086689+
* ސައުދީ އަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ: 966506894477 +
* މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ ހޮޓްލައިން: 7983400 (ވަޓްސްއެޕް)
* އީމެއިލް: [email protected] މިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި