މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ ހާއްސަ ކޮމިޓީއެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ މެންދުރުފަހު މި ކޮމިޓީ އުފައްދާފައިވަނީ މި ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ހައްލުކުރުމަށް ކަމަށެވެ. އަދި މިކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:
1. ހާރިޖީ ވަޒީރު – ޑރ. އަބްދުﷲ ހަލީލް (ކޮމިޓީގެ ޗެއާ)
2. ދިފާއީ ވަޒީރު – މުހައްމަދު ޣައްސާން މައުމޫން
3. މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު – މޫސާ ޒަމީރު
4. އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު – މުހައްމަދު ސައީދު
5. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު – މުހައްމަދު އަމީން
6. ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު – އަލީ އިހުސާން
7. ފަތުރުވެރިކަމާބެހޭ ވަޒީރު – ތާރިގު އިބްރާހީމް
8. މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާއި ބެހޭ ވަޒީރު – ޑރ. އަލީ ހައިދަރު
9. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު – ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އެ ވުޒާރާތަކުން ކަމާގުޅޭ އެންމެހާ މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުންދާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.





