ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ކޮންގްރެސް) ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ހުޅުއްވައިދެއްވައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ ޖަގަހަ ހުޅުވީ ހުސްނުހީނާ މަގު، ގ. ހެޕީސައިޑްގައެވެ.
ޖަގަހަ ހުޅުއްވައިދެއްވުމުގެ ހަފްލާގައި، ފަސްޓް ލޭޑީގެ އިތުރުން ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި މި ފަހަރުގެ ކެމްޕޭންގެ އެ ޕާޓީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާހު އާއި ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ވާދަކުރައް މޫސާ އަލީ ޖަލީލް އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ރައީސާ ކަމަށް ވާދަކުރައްވާ އަލްއުސްތާޒާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ ކެންޑިޑޭޓުންބައިވެރިވެވަޑާއިގެންފައިވާއިރު މި ދާއިރާއިން މާލޭ ސިޓީ ކައުންސިލްގެ މެންބަރުކަމުގެ މަގާމަށް ވާދަކުރައްވަނީ މިހާރުގެ ވެސް މެންބަރު މަރްޔަމް ރީހާން ނާޒީމް އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރައްވަނީ ހާދީޖާ ޖަމީލްކަން ފާހަގަކުރެވެއެވެ.
މި ރަސްމިއްޔާތުގައި ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް އާއި ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު މަމްދޫހު ވާހަކަފުޅު ދައްކަވާފައިވެއެވެ.





