- އިސްތިހާރު -spot_img

މަތީ ތައުލީމަށް އެދި ހުށަހަޅާ ލޯނު ސްކީމު މުޅި އަހަރަށް ބަދަލުކުރަންވަނީ ނިންމާފަ: ވަޒީރު

އަންނަ އަހަރުން ފެށިގެން މަތީ ތައުލީމުގެ ލޯނު ފުރުސަތަކީ ވަކި މުއްދަތެއްގެ ތެރޭގައި ކުރިމަތިލާން އޮންނަ ފުރުސަތަކަށްވުމުގެ ބަދަލުގައި މުޅި އަހަރަށް އެ ފުރުސަތު އޮންނަ ގޮތަށް ލޯނު ސްކީމު ބަދަލުކުރާނެ ކަމަށް މަތީ ތައުލީމާއި ހުނަރުވެރިކަން ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ކުރިއަށްގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ އެ ވުޒާރާއިން ދަރިވަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަަކުގެ ފެންވަރު ރަނގަޅުކުރުމަށް މި އަހަރުން ފެށިގެން ދަރިވަރުންގެ ލޯނު ސްކީމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

މިހާރުވެސް ލޯނު ސްކީމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ދަރިވަރުންނަށް ދޫކޮށްފައިވާ ހުރިހާ ލޯނުތަކާއި ކުރިއަށް އޮތް ތަނުގައި ދޫކުރާ ހުރިހާ ލޯނަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ދޫކުރާ ލޯނުތަކެއް ކަމަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން މިހާރު ލޯނު އަނބުރާ ދައްކާއިރު އެއްވެސް ސާވިސް ޗާޖެއް ނުނަގާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިއީ މިދިޔަ އަހަރުން ފެށިގެން އެ ވުޒާރާއިން އަމަލުކުރަމުން އަންނަ އުސޫލެއް ކަމަށެވެ. އަދި މިހާތަނަށް ލޯނަށް އެދުމަށް ވަކި މުއްދަތެއް ކަނޑައަޅާފަައި އޮތުމުން އެ މުއްދަތުގެ ތެރޭގައި ލޯނަށް އެދުމަށް ދަރިވަރުންނަށް ދަތިވާ ކަމަށާއި، ބައެއް ފަހަރު ލޯނަށް އެދުމުގެ ފުރުސަތު ގެއްލޭ ގޮތްވެސް ދިމާވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔަވާ ދާއިރާއަކީ މަސައްކަތްކުރުމަށް ރެގިއުލޭޓަރީ އިދާރާއަކުން ލައިސެންސެއް ނުވަތަ ހުއްދައެއް ހޯދަންޖެހޭ ދާއިރާއެއް ކަމަށްވާނަމަ ލޯނަށް އެދޭއިރު ދަރިވަރުން ކިޔަވަންދާ ޕްރޮގުރާމަކީ އެ ރެގިއުލޭޓަރީ އިދާރާއަކުން ގަބޫލުކުރާ ކޯހެއް ނުވަތަ ޕްރޮގުރާމެއްކަން އެނގޭނެ ލިޔުމެއްވެސް ހުށަހެޅުން ލާޒިމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިފެށޭ ބަންދުތައް ނިމުމަށްފަހު ޖެހިގެން އަންނަ ހަފުތާގައި ލޯނު ސްކީމު ހުޅުވައިލެއްވުމަށް މަސައްކަތްކުރައްވަމުންދާ ކަމަށާއި، ހުރިހާ ލިޔުމެއް ތައްޔާރުކޮށް ހުށަހެޅުމުން ކުރީ އަހަރުތަކަށްވުރެ އަވަހަށް ލޯނު ހަމަޖެހި، ފައިސާ ދަރިވަރަށް ލިބެން ފަށާނެ ކަމަށްވެސް ވަޒިރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި