- އިސްތިހާރު -spot_img

އުމްރާއަށް ގެންދާނެ ކަމަށް ބުނެ ގްރޫޕަކުން ހާލުގައި ޖެއްސި ބަޔެއްގެ އުމްރާގެ ކަންކަން ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދީފި

އުމްރާއަށް މީހުން ގެންދާ އަމިއްލަ ގުރޫޕަކުން ގިނަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމުގެ ނަމުގައި ފައިސާ ނެގުމަށްފަހު އުމްރާގެ އިންތިޒާމުތައް ހަމަޖައްސައިނުދިނުމުން އެއިން 28 މީހަކަށް އުމްރާގެ ހުރިހާ ކަމެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދީފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަ މުހައްމަދު ޝަކީލު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި އަހަރުގެ ރަމަޟާން މަހުގެ އުމްރާއަށް ގެންދާނެ ކަމުގައި ބުނެ، އަމިއްލަ އުމްރާ ގުރޫޕަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އުމްރާގެ އިންތިޒާމު ހަމަޖައްސައިދީފައިނުވާ މައްސަލަައެއް ފެންމަތިވެފައިވާ ކަމަށެވެ. އަދި އެ ގުރޫޕަށް ފައިސާ ދެއްކުމަށްފަހު އުމްރާއަށް ނުދެވި ތިބި ގިނަ ބަޔަކު އުމްރާއަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގައި ހައްޖު ކޯޕަރޭޝަނުން އެހީތެރިވެދިނުމަށް އެދިފައިވާ ކަމަށްވެސް ޝަކީލު ވިދާޅުވިއެވެ. ޝަކީލު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުގައި ޖާގަ ހުރި މިންވަރަށް ބަލައި އެ މީހުންނަށް އެހީތެރިވުމަށް ނިންމާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޖާގަ އޮތް މިންވަރުން 28 މީހެއްގެ ވިސާ ހަމަޖައްސައިދީ މައްކާއާއި މަދީނާގައި ތިބުމާއި ކެއިން ބުއިމުގެ ހުރިހާ ކަމެއް އަދި ދަތުރުފަތުރުގެ އިންތިޒާމުތައް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސައިދިނުމާއެކު މިއަދު ހެނދުނު މޯލްޑިވިއަންގެ ފުލައިޓެއްގައި އެ ފަރާތްތައް އުމްރާގެ އަޅުކަން އަދާކުރުމަށް  ސައުދީ އަރަބިއްޔާއަށް ދަތުރުފަށާފައިވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި