- އިސްތިހާރު -spot_img

ވަކި ހާއްސަ މަގުތަކަކުން މިހާރު ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އަލުން ފަށައިފި: ވަޒީރު

މެދުއިރުމަތީގެ ވައިގެ ސަރަހައްދުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި، ވަކި ހާއްސަ މަގުތަކަކުން މިހާރު ވަނީ ވައިގެ ދަތުރުފަތުރުގެ ހިދުމަތްތައް އަލުން ފަށަން ފަށާފައި ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެމިރޭޓްސްގެ ބައެއް ފްލައިޓްތަކާއެކު، އެކި ގައުމުތަކުގައި ތިބި މީހުން އަނބުރާ ގެންދިއުމަށް ކުރާ ހާއްސަ ”ރިޕެޓްރިއޭޝަން“ ދަތުރުތަކެއް ވަނީ ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ޖައްސާފަ ކަމަށެވެ. މީގެ އިތުރުން، މިއަދުން ފެށިގެން ފްލައިދުބާއީގެ ތާވަލު ދަތުރުތައްވެސް އަލުން ފަށާނެ ކަމަށް ބެލެވޭ ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

މި ހާލަތުގެ ސަބަބުން ކުރިމަތިވާ ދަތިތައް ވީހާވެސް ކުޑަކުރުމަށްޓަކައި އަޅުގަނޑުމެން ދަނީ ހުރިހާ އެއާލައިންތަކާ ގުޅިގެން ގާތުން މަސައްކަތް ކުރަމުން ކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ ނޭދެވޭ އަސަރުތައް ކުޑަކޮށް، ރާއްޖެއާ ދުނިޔޭގެ އެހެން ގައުމުތަކާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން މެދުނުކެނޑި ދެމެހެއްޓުމަށްޓަކައި، މި ހާލަތުގެ އަސަރު ނުކުރާ ސަރަހައްދުތަކުން ދަތުރުތައް އިތުރުކުރުމަށާއި އައު އެއާލައިންތައް ރާއްޖެއަށް ގެނައުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި