- އިސްތިހާރު -spot_img

މާލެއިން އަންހެނަކު ގެއްލިގެން ހޯދަން އިއުލާންކޮށްފި

މާލެއިން އަންހެނަކު ގެއްލިގެން ހޯދަން އިއްލާނުކޮށްފި އެވެ.

ފުލުހުން ބުނީ މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު / ކަށިމާގެ، ފާތިމަތު ނޫރާ (32އ) ކަމަށެވެ.

ފުލުހުން ބުނީ އިއްޔެ 20:00 އެހާ އިރު ފާތިމަތު ނޫރާ ގެއިންބޭރަށް ދިޔަ ފަހުން ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ރޭ 12:19 އެހާއިރު އާއިލާއިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ރިޕޯޓް ކުރުމާ ގުޅިގެން، ފުލުހުންގެ ކަމާ ގުޅުން ހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ އަދި ފެނިފައިނުވާ ކަމަށެވެ.

ފާތިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި