- އިސްތިހާރު -spot_img

ކައުންސިލުތަކުން ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު އެދިވަޑައިގެންފި

ޕާޓީގެ ވިސްނުމާއި ފިކުރު އެއްކައިރި ކުރުމަށްފަހު ތަރައްގީ އާއި ރަށްރަށުގެ ކުރިއެރުމުގެ ވިސްނުން ކުރިއަށް ނެރެގެން އެކަންކަމަށް އިސްކަންދީގެން މަސައްކަތްކުރުމަށް ކައުންސިލުތަކަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އިލްތިމާސްކުރައްވައިފިއެވެ.

އެ ވުޒާރާގެ މަސައްކަަތްތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ކައުންސިލުތަކަކީ ރައްޔިތުންނާ ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފައްދައި، ސަރުކާރާ އިދިކީލަ ހިޔާލުތަކެއް އުފައްދާ ބަޔަކަށްވުމުގެ ބަދަލުގައި، ސަރުކާރުން ދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މެދުވެރިއެއްގެ ގޮތުގައި އަދި އެ ހިދުމަތްތައް އަވަސްކުރުމަށް މަސައްކަތްކުރާނެ ތަނަކަށް ވާންޖެހޭ ކަމަށެވެ.

ހަމައެހެންމެ ލާމަރުކަޒީ ނިޒާމަށް މީހުން އަހުލުވެރިވަމުންދާ މިންވަރަކަށް ސަރުކާރުގެ މަޝްރޫއުތައް ލަސްވާނެހެން އަމަލުކޮށް، ބިން ދޫކުރުން ފަދަ ކަަންކަމުގައި ދަތިތައް ކުރިމަތިކުރުން ފަދަ ކަންކަން ނިމުމަކަށް އަންނާނެ ކަމަށާއި، ސަރުކާރާ އިދިކީލަވުމުގެ ބަދަލުގައި ސަރުކާރުން ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ހުރިހާ ކައުންސިލަކުންވެސް މެދުވެރިންގެ ދައުރު އަދާކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރޭގައި މަލްޓި ޕާޓީ ނިޒާމުވެސް ޝާމިލުވެފައި އޮތުމުން ކޮންމެ ވެރިކަމެއްގަައިވެސް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ބައެއް ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ފަށައިގެން ނުކުރެވި ހުރި ކަންކަމާއި ނުފެށުނު ކަންކަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ކުރައްވަފާނެތީ ސިޔާސީ މަގުސަދެއްގައި ކައުންސިލުތަކުން ހުރަސްތައް ކުރިމަތިކުރުވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި