- އިސްތިހާރު -spot_img

އެމްއެންޔޫގެ ކެމްޕަހެއް ބ. އޭދަފުށީގައި އަޅަނީ

ބ. އޭދަފުށީގައި އިމާރާތްކުރާ މޯލްޑިވްސް ނޭޝަނަމަލް ޔުނިވާސިޓީ (އެމްއެންޔޫ) ކެމްޕަހުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އިއްޔެ އެ ރަށުގައި ބާއްވައިފިއެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކީލްސް ޑިވެލޮޕްމެންޓު، ޑރ. އަލީ ހައިދަރު އަހުމަދުއެވެ. އަދި މިރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓާ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ސައުދީގެ އިތުރުން އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒުއާއި އޭދަފުށީ ކައުންސިލްގެ ރައީސް، މުހައްމަދު ފާތިހުގެ އިތުރުން ކައުންސިލުގެ މެމްބަރުންނާއި އެހެނިހެން މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އެކަޑަމިކް އިދާރީ އަދި ރެސިޑެންޝަލް ފެސިލީޓީތަކެއް ހިމެނޭ ގޮތަށް މަލްޓި ބްލޮކް ޔުނިވާސިޓީ ކެމްޕަހެއް ފުރިހަމައަށް ޑިޒައިން ކޮށް އިމާރާތް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީއިން ބުންޏެވެ. އަދި މި މަޝްރޫއުއަކީ 80.79 މިލިއަން ރުފިޔާއަށް 720 ދުވަސްތެރޭ ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެއްކަންވެސް ފާހަގަކުރެވެއެވެ.

ހަމައެހެންމެ 3500 މީހުންގެ އާބާދީއެއް އޮންނަ އޭދަފުއްޓަކީ އަތޮޅުގެ ވެރިކަން ކުރާ ރަށްކަމަށްވާއިރު ރަށުގެ ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައާއި ކައިރި ރިސޯޓު ތަކުގައި ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި މި ކެމްޕަސް ގާއީމުކުރެވިގެންދާއިރު ބ. އަތޮޅުގައި ދިރިއުޅޭ ދަރިވަރުންނަށް އެ އަތޮޅުގައި ތިބެގެން މަތީ ތައުލީމު އުނގެނުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެމްޓީސީސީން ބުނީ މިއާއިއެކު މަތީ ތައުލީމަށް ކުރަންޖެހޭ ހަރަދު ކުޑަވެ، ތައުލީމީ ދާއިރާއިން އޭދަފުއްޓަށާއި އަދި މުޅި ބ. އަތޮޅަށްވެސް ބޮޑެތި ލުއި ފަސޭހަތަކަކާއި ގިނަ ފައިދާތަކެއް ލިބޭނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި