- އިސްތިހާރު -spot_img

ދާރުލްއާސާރަށް ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެ

ގައުމީ ދާރުލްއާސާރަށް ބަދަލުތަކެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވަނީ އެ ވުޒާރާއިން މި އަހަރަށް ރާވާފައިވާ ބައެއް މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މާލޭގައި ހުންނަ ޤައުމީ ދާރުލްއާސާރަކީ އެ ޒަމާނަށް ވަރަށް ރަނގަޅު ދާރުލްއާސާރެއް ނަމަވެސް، ދުނިޔޭގެ ދާރުލްއާސާރުތައް ތަރުތީބު ކުރެވޭގޮތާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު އެ ދާރުލްއާސާރު ތަރައްގީކުރަންޖެހޭ ކަމަށެވެ. އަދި ދާރުލްއާސާރަކީ އޭރު ޗައިނާގެ އެހީގައި ހަދާފައިވާ ތަނެއްކަން ފާހަގަކުރައްވާ ވަޒީީރު ވިދާޅުވީ އެތަން އިތުރަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުގެ ފަރާތުން ޗައިނާއާއި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

”އޭގެ އިތުރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން މި އަހަރުތެރޭގަ ދާރުލްއާސާރު މި ދެންނެވި، މިހާރު މިހިރަ ދާރުލްއާސާރުގެ އެތެރެއަށް ބަދަލުތައް ގެނައުމުގެ މަސައްކަތްތަކެއް މި އަހަރުތެރޭގަ އަޅުގަނޑުމެން ކުރާނަން. އެކަން ޕްލޭންކުރެވިފަ ރޭވިފަ އެބައޮތް.“ ވަޒީރު ވިދާޅުވިއެވެ.

މާލޭގައި ތަރައްގީކުރާ އިންޓަރެކްޓިވް މިއުޒިއަމްގެ މަސައްކަތްތައް ނިމިގެންދިއުމާއެކު، މިހާރު ހުރި ދާރުލްއާސާރުގެ އެތެރެއާއި، ފަންނީ ދާރުލްއާސާރާއެކު ތަފާތު އިންގިލާބީ ބަދަލެއް ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި