- އިސްތިހާރު -spot_img

އީރާނާ ދެކޮޅަށް ހަނގުރާމައިގައި ބައިވެރިވާ ޔޫރަޕްގެ ގައުމުތަކަށްވެސް ހަމަލާ ދޭނެކަމަށް އެގައުމުން ބުނެފި

އީރާނާ ދެކޮޅަށް އެމެރިކާ އަދި އިޒްރޭލުން ފަށާފައިވާ އުދުވާނުގައި ބައިވެރިވާ ޔޫރަޕްގެ ގައުމުތަކަށްވެސް ހަމަލާ ދޭނެ ކަމަށް އީރާނު ސަރުކާރުގެ ޑެޕިއުޓީ ފޮރިން މިނިސްޓާ ފޮރ ޕޮލިޓިކަލް އެފެއާޒް މާޖިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ އީރާނާ ދެކޮޅަށް އުދުވާނު ހިންގުމުގައި ބައިރިވެއްޖެނަމަ ޔޫރަޕްގެ ގައުމުތަކަށް ހަމަލާދިނުން ޝަރުއީގޮތުންވެސް އީރާނަށް ލާޒިމްވެގެންދާނެ ކަމަށެވެ. އަދި އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށައިގެން އުޅޭ އުދުވާނުގައި އެއްވެސް ގޮތަކުން ބައިވެރި ނުވުމަށް ޔޫރަޕްގެ ގައުމުތަކަށާއި، އެހެން ގައުމުތަކަށްވެސް އީރާނުން މިހާރު އަންގާފައި ވާނޭ މާޖިދު ވިދާޅުވިއެވެ.

އީރާނުން މިކަން އަންގާފައި މިވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭންފެށި ހަމަލާތަކާ ފުރަތަމަ ދެކޮޅު ހެދުމަށްފަހު ޔޫރަޕްގެ ބައެއް ގައުމުތައް ހަނގުރާމައިގެ ތެރެއަށް ވަންނަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިނގިރޭސިވިލާތުން މިކަމަށް އިދިކޮޅުވިނަމަވެސް މިހާރުވަނީ، އީރާނަށް ހަމަލާ ދިނުމަށް އެ ގައުމުގެ އަސްކަރީ ބޭސްތައް ބޭނުން ކުރުމުގެ ހުއްދަވެސް އެމެރިކާއަށް ދީފަކަން ފާހަގަކުރެވެއެވެ.

ހަނގުރާމަ ފެށުމާއި އެކު ޓްރަމްޕް ބުނީ، ހަމަލާތައް ކުރިއަށްދާނީ ހަފްތާއަކަށް ކަމަށާއި، ހީކުރި ވަރަށްވުރެ އީރާނު މާ ވަރުގަދަވެފައި ވިސްނުން ރަނގަޅު ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި