- އިސްތިހާރު -spot_img

ލޯކަލް މާރުކޭޓު ހުރި ބިމުގައި ވެޓް މާކެޓް ކޮމްޕްލެކްސްއެއް އަޅަނީ

މާލެ ލޯކަލް މާރުކޭޓު ހުރި ބިމުގައި ވެޓް މާކެޓް ކޮމްޕްލެކްސްއެއް އަޅަން އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ބުނީ މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ޝާމިލް އެވެ. އަދި ޓްރަސްޓެން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަބްދުލް ހާދީއެވެ.

މި މަޝްރޫއަކީ 126,359,594.94 ރުފިޔާއަށް 600 ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކޮށްފައިވާ މަޝްރޫއެއް ކަމަށްވާއިރު މި މަޝްރޫއުގެ ދަށުން ބިނާކުރާ ވެޓް މާކެޓް ކޮމްޕްލެކްސްއަކީ ހަ ފަންގިފިލާއަށް ބިނާކުރާ ތަނެއް ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އަދި ޕާކިންއަށް ބޭސްމަންޓްއިން ހާއްސަ ޖާގައެއް ކަނޑައެޅުމާއި، ގްރައުންޑް ފްލޯގައި މަސްމާރުކޭޓެއް ހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

ހަމައެހެންމެ އެއްވަނައާއި ދެވަނަ އަދި ތިންވަނަ ފަންގިފިލާގައި ލޯކަލް މާރުކޭޓު ގާއިމްކުރުމަށް ހަމަޖެހިފައިވާ އިރު ހަތަރު ވަނަ ފަންގިފިލާގައި ފުޑް ކޯޓެއްވެސް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެ އެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި