- އިސްތިހާރު -spot_img

ދަރިފުޅަށް 2 އަހަރު ވަންދެން ހުސް ވަގުތު ލިބޭ އިސްލާހަށް ސާޖިދާ ތާއީދު ކުރައްވައިފި

ދަރިފުޅަށް ދެ އަހަރު ވަންދެން، މުސާރައިން ނުކެނޑޭ ގޮތަށް އަންހެން މުވައްޒަފުންނަށް ދުވާލަކު ދެ ފަހަރަށް ބައި ގަޑިއިރުގެ ހުސް ވަގުތުކޮޅެއް ލިބޭ ގޮތް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހަށް އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެކަމަނާ މި އިސްލާހަށް މަރުހާބާ ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

ސާޖިދާ ވިދާޅުވީ ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއެކު، ކުއްޖާގެ އުމުރުން ދެ އަހަރު ފުރެންދެން މުވައްޒަފުންނަށް ދަރިފުޅު ބެލުމަށްޓަކައި ވަޒީފާއިން ހުސްވަގުތު ލިބޭ ގޮތަށް ހަމަޖެއްސުމަށް ނިންމި ނިންމުމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށާއި، މިއީ ވަޒީފާ އަދާކުރާ މައިންނަށް އެކަނބަލުންގެ މަސައްކަތާއި އާއިލީ ޒިންމާތައް އެއް ހަމައެއްގައި ބެލެހެއްޓުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.

ހަމައެހެންމެ މިއީ މައިންގެ ސިއްހީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، ގާތުން ކިރު ދިނުމަށް މަގުފަހިކޮށްދީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ނިއުޓްރިޝަންގެ ބައިނަލްއަގުވާމީ ލަނޑުދަނޑިތައް ހާސިލު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.

ރައީސް މިދިޔަ 14 ވަނަ ދުވަހު ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތަށް ބަލާއިރު ވިހެއުމަށްފަހު ލިބޭ ޗުއްޓީއަށްފަހު މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން ދެ އަހަރު ދުވަސް ވަންދެން އެ ދަރިފުޅަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދިނުމަށް ވަގުތު ދޭން ޖެހެއެވެ. އަދި މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސް ވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ދޭން ޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ރައީސް އޮފީހުން ބުނީ މި އިސްލާހު ގެނައުމުގެ ބޭނުމަކީ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމުގެ އުސޫލުތައް ހަރުދަނާކޮށް، ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ގާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖައާކޮށް، ކޯޓާ ފީ ދެއްކުމުން ބައެއް ފަރާތްތައް އިސްތިސްނާ ކުރުމުގެ އުސޫލު ބަޔާން ކުރުމަށާއި، އެ ނޫންވެސް ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ ހައްގުތައް ކަށަވަރުކޮށް އެ ހައްގުތައް ލިއްބައިދޭ މޭރުމުން، ގާނޫނު ތަންފީޒު ކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުން ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި