- އިސްތިހާރު -spot_img

ސަލްޓަން ޕާކު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ގައުމީ ދިފާއީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އިއްޔެ ސަލްޓަން ޕާކަށް ވަޑައިގެންފިއެވެ.

ރައީސް، ސަލްޓަން ޕާކަށް ކުރެއްވި މި ޒިޔާރަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެއްލެވުމުގެ ދަށުން ތަރައްގީ ކުރައްވަމުންގެންދަވާ ސަލްޓަން ޕާކުގައި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ގާއިމުކުރާ އެކިއެކި ވަސީލަތްތަކުގެ މައުލޫމާތު ސާފުކުރައްވައި، ޕާކު ތަރައްގީ ކުރުމުގައި އަމަލީ ގޮތުން މިހާރު ކުރެވިފައި ހުރި މަސައްކަތްތައް ވަޒަންކުރައްވާފައިވެއެވެ.

ރައީސް ވަނީ ފިތުރު އީދުގެ މުނާސަބަތުގައި ގައުމީ ދިފާއީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ ”އީދު ހަވީރު 1447″ގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން އިއްޔެ ހަވީރު ސަލްޓަން ޕާކު ހިމެނޭހެން އެ ސަރަޙައްދުގައި އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދަން ނިންމަވާފައިވާ އެކިއެކި ހަރަކާތްތަކުގެ މައުލޫމާތުވެސް އޮޅުންފިލުއްވާފައެވެ. އަދި ރައީސްގެ މި ޒިޔާރަތުގައި، ސަލްޓަން ޕާކު ތެރޭގައި ގާއިމުކޮށްފައިވާ އޯވާ ހެޑް އޮބްސްޓެކްލް ކޯސްގެ އިތުރުން ޝޫޓިން ރޭންޖާއި ސަލްޓަން ޕާކް ސަރަހައްދުގައި ގާއިމުކޮށްފައިވާ ސްޓޯލްތައް ތައްޔާރު ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައްވެސް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ޒަމާންތަކެއް ވަންދެން އަޅާނުލެވި ވީރާނާވަމުން ދިޔަ ސަލްޓަން ޕާކު އަލުން ތަރައްގީ ކުރައްވައި، އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި އަލަށް ގާއިމުކުރާ އެކިއެކި ވަސީލަތްތަކާއިއެކު ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާކު އަލުން ހުޅުވާލެއްވުމުގެ ގޮތުން އެ މަސައްކަތް ވަނީ ގައުމީ ދިފާއީ ބާރާއި ހަވާލުކުރައްވާފައެވެ. އަދި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރެވިގެންދާއިރު ސަލްޓަން ޕާކުގެ ވިންޓާ ޕާކު ހުރި ސަރަހައްދުގައި އީ- ގޭމިން މަރުކަޒެއްވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަން ފާހަގަކުރެވެއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި