- އިސްތިހާރު -spot_img

ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އަތްބުރިވި މީހާ އިތުރުފަރުވާއަށް އިންޑިއާއަށް ފުރައިފި

ވ. ފެލިދޫ ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި އަތް ބުރިވެ ހާލު ދެރަވި މީހާ އިތުރު ފަރުވާއަށް އިންޑިއާއަށް ފުރައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނީ މިދިޔަ 19 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ލޯންޗުގައި ތިބި އެންމެނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށާއި، އެ މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ވ. އަތޮޅު ހޮސްޕިޓަލުން ކަމަށެވެ. އަދި އޭގެ ތެރޭގައި ރަޝިއާގެ އަންހެނެކަށާއި އިންޑިއާގެ ފިރިހެނަކަށް ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަތެއް ބުރިވެ، ބޮޑެތި އަނިޔާތަކެއް ލިބުނު އިންޑިއާއަށް ނިސްބަތްވާ މީހާ އިތުރު ފަރުވާ ހޯދުމަށްޓަކައި އިއްޔެ ވަނީ އިންޑިއާއަށް ފުރާފައި ކަމަށާއި، ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އިތުރު ދެ މީހަކު ފަރުވާ ހޯދުމަށް މިދިޔަ ހުކުރު ދުވަހު އިންޑިއާއަށް ފުރާފައިވާ ކަމަށެވެ. އަދި އެ މީހާއަކީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނަކާއި އިނގިރޭސިވިލާތަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ޖުމްލަ ހަތް މީހުން ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުން ކަމަށާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި އިރު އުޅަނދުން ކަނޑަށް ވެއްޓިފައިވަނީ ފަސް މިހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި ކަނޑަށް ވެއްޓުނީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާގެ ހަތަރު ފިރިހެނުން ކަމަށްވާއިރު މި ހާދިސާގައި ކަނޑަށް ވެއްޓުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަދިިވެސް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.

އެމްއެންޑީއެފްއިން އިއްޔެ ބުނީ މި ހާދިސާގައި ލޯންޗުން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އަދި އެއާ ކޯއިން ކުރަމުންދާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި